Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހަމަޖައްސާފައިވާ ތާރީޚުގައި އެޗްއެސްސީ އިމްތިހާނު ކުރިއަށް ދާނެ: އެޑިއުކޭޝަން

ހަމަޖައްސާފައިވާ ތާރީޚުގައި އެޗްއެސްސީ އިމްތިހާނު ކުރިއަށް ދާނެ: އެޑިއުކޭޝަން

މިހާރު ހަމަޖައްސާފައިވާ ތާރީހުގައި އެޗްއެސްސީ އިމްތިހާނު ކުރިއަށް ގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޗްއެސްސީ އިމްތިހާނު ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ 13 އިން 17 އަށެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން މާލެ ސަރަހައްދުގެ ސުކޫލުތައް ބަންދުކޮށް، ކިޔެވުމާއި ބައެއް އިމްތިހާނުތައް ވެސް ކުރިއަށް ގެންދަނީ އޮންލައިން ކޮށެވެ.

އެޗްއެސްސީ އިމްތިހާނު މިހާ ކައިރިވެފައިވާއިރު، އެ އިމްތިހާނަށް ދަރިވަރުން ހާޒިރުވާން ޖެހެނީ ސުކޫލަށް ހާޒިރު ނުވެވި ރިވިޝަނަށް ވެސް ފުރުސަތު ނުލިބި ކަމުން އިމްތިހާނު ފަސްކުރުމަށް ބައެއް ބެލެނިވެރިން ދަނީ ގޮވައިލަމުންނެވެ. އަދި މިއީ ރާއްޖެއަށް ބަދަލުކުރުމުގެ ފުރުސަތު އޮތް އިމްތިހާނަކަށް ވާތީއާއި އޮކްޓޫބަރު މަހު އޭލެވެލް އިމްތިހާނު އޮތުމުން އެ އިމްތިހާނާ އެކު އެޗްއެސްސީ އިމްތިހާނު ކުރިއަށް ގެންދިޔުމަށް ވެސް ބައެއް ބެލެނިވެރިން ދަނީ އެދެމުންނެވެ.

Advertisement
Ooredoo — Truecaller (box)

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އެ މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަނީ ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތަށް ކަމަށެވެ.

އެގޮތުން މިހާރު ކަނޑައަޅާފައިވާ ތާރީހުގައި އިމްތިހާނު ކުރިއަށް ގެންދިއުމަކީ ހުރިހާ ގޮތަކުން ވެސް ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތް ކަމަށާ އަދި އެއީ އޮކްޓޫބަރުގެ އިމްތިހާނަށް ދަރިވަރުންނަށް ލިބޭ ލުޔަކަށް ވެސް ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެހެންވީމަ މިހާރު ކަނޑައަޅައިފައި ތާރީހުގައި އެ އިމްތިހާނު އަޅުގަނޑުމެން ކުރިއަށް ގެންދާ ގޮތަށް ވަނީ ނިންމާފައި،" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން އިމްތިހާނު ހަދާ މަރުކަޒު ބަދަލުކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު މާދަމާ ހުޅުވައިލައްވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް