Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ސިޔާސަތު ހަދަން ވާނީ ރައްޔިތުންގެ އަޑު އަހައިގެން: މޭޔަރު މުޢިއްޒު

ސިޔާސަތު ހަދަން ވާނީ ރައްޔިތުންގެ އަޑު އަހައިގެން: މޭޔަރު މުޢިއްޒު

ސިޔާސަތަކީ ރައްޔިތުންނަށް ޓަކައި ހަދާ އެއްޗެއް ކަމަށްވާ ނަމަ، އެ ސިޔާސަތު ހަދަން ވާނީ ރައްޔިތުންގެ އަޑު އަހައިގެން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުޢިއްޒު މިހެން ވިދާޅުވީ، މާލޭގެ މިސްކިތްތަކުގައި ސަރުކާރުން މިހާރު ނަމާދު ނުކުރެވޭ ގޮތް ހަދައިފައިވުމުން، މީހަކު އެމަނިކުފާނާ ޙިއްސާ ކުރެއްވި ކަންބޮޑުވުމެއްގެ ވާހަކަ ޓްވީޓް ކުރައްވަމުންނެވެ.

"(މީހަކު) ގުޅާލާފައި ބުނީ، ތިމަންނަގެ 5 ދަރިންނާއި، ބަލި މަންމައާއި، ތިމަންނަގެ އަންހެނުންނާ ދިރިއުޅެނީ 10×12 ކޮޓަރިއެއްގައި ކަމާއި، ނިދަނީ ޑިޔުޓީ ބަހައިގެންކަމާއި ނަމަވެސް ނަމާދުކޮށްލަން ކޮޓަރީގަ ޖާގަ ނެތުމުން މިސްކިތަށް ދިޔުމުން ފުލުހުން ހުއްޓުވާ ފޮނުވާލައިފިކަމަށް. 'ޖަމާޢަތް ހެދުން ހުއްޓުވަން ފުލުހުން މިސްކިތަށްވަދެ އެކަން ކުރަންވީނުންހޭ ތިމަންނަމެން ކަހަލަ، ނަމާދުކޮށްލަން އެއްވެސް ޖާގައެއް ގޭތެރޭގައި އަމުދުން މި ލޮކްޑައުން ޙާލަތުގައި ނެތް މީހުން ފަރުޟު އަޅުކަން އަދާކުރުމުންހޭ މަޙުރޫމް ކުރަންވީ' އޭނާ އަސަރާއެކު ސުވާލުކުރި" ޑރ. މުޢިއްޒު ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

މޭޔަރު އިތުރަށް ވިދާޅުވީ ސިޔާސަތަކީ ރައްޔިތުންނަށް ޓަކައި ހަދާ އެއްޗެއްކަމަށް ވަންޏާ އެ ސިޔާސަތެއް ހަދަން ވާނީ ރައްޔިތުންގެ އަޑުއަހައިގެން ކަމަށާއި އެހެން ނޫންނަމަ ރައްޔިތުން އުފުލަން ޖެހޭ ބުރަ އިންތިހާއަށް ބޮޑުވެގެން ހިގައިދާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް