ޚަބަރު

ސްރީލަންކާގެ ކޮންޓެއިނާ ބޯޓެއްގައި ރޯވެ، ހިނގި ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާ 

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސްރީލަންކާގެ ބަނދަރުގައި އޮތް ކޮންޓެއިނާ ބޯޓެއްގައި އަލިފާން ރޯވެ ހިނގައި ދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައަށް، ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ހަމްދަރުދީގެ މެސެޖެއް ފޮނުވައިފިއެވެ.

Ads by Sosun Fihaara

ރައީސްގެ މެސެޖުގައި ވިދާޅުވީ އިންޑިޔާ ކަނޑުގެ ޤައުމުތައް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަނީ ކަނޑުން ލިބޭ އާމްދަނީއަށްކަމަށް ވާތީ މި ހާދިސާގެ ސަބަބުން ލިބޭނެ ގެއްލުން އަންދާޒާ ކޮށްލެވޭ ކަމަށެވެ.މީގެ އިތުރުން ދިވެހިރާއްޖެއާއި ސްރީލަންކާގެ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލި އަޅުއްވާލައްވައި ދެ ޤައުމުގެ ގުޅުން މުސްތަގުބަލުގައި ވެސް ދެމިގެން ދާނެކަން ޔަގީން ކުރައްވާކަމުގައި ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

އިންޑިޔާގެ ގުޖުރާތުން ސްރީލަންކާގެ ކޮލޮމްބޯ ބަނދަރަށް ދަތުރުކުރި "އެކްސް-ޕްރެސް ޕާރލް"، އާގުބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެ ބޯޓުގައި ހުރީ ސިނާޢީ މަސައްކަތްތަކަށް ބޭނުންކުރާ ކެމިކަލާއި ވިހަ މާއްދާތަކެކެވެ. ބޯޓުގައި ރޯވިއިރު، ބޯޓު އޮތީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއާ 9.5 ނޯޓިކަލް މޭލު ބޭރުގައެވެ. އަދި އަލިފާނުގެ ހާދިސާ ހިނގި އިރު އާގުބޯޓުގައި ޖުމުލަ 25 ފަޅުވެރިން ތިއްބެވެ. އޭގެ ތެރޭގައި އިންޑިޔާއާއި ޗައިނާއާއި ފިލިޕީންސާއި ރަޝިޔާގެ ފަޅުވެރިން ހިމެނެއެވެ. ބޯޓުގައި ތިބި އިންޑިޔާގެ 2 ފަޅުވެރިން ސަލާމަތްކުރުމުގައި ލިބުނު ބޮޑެތި ޒަޚަމުތަކުގެ ސަބަބުން އެ މީހުންނަށް ފަރުވާދިނުމަށް ކޮލޮމްބޯ ނެޝަނަލް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!