Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ދީނުގެ އަސާސްތަކަށް އިންކާރު ކުރުމަކީ ލާދީނީވުން، އެ ވާހަކަ ދައްކާނަން- ޝެއިހް ޒައިދު

ދީނުގެ އަސާސްތަކަށް އިންކާރު ކުރުމަކީ ލާދީނީވުން، އެ ވާހަކަ ދައްކާނަން- ޝެއިހް ޒައިދު

ދީނުގެ ސާބިތު އަސާސްތަކަށް އިންކާރު ކުރުމަކީ ލާދީނީ ވުންކަމަށާއި ކިތަންމެ ބިރު ދެއްކިޔަސް އެކަން ކުރަންޏާ އެވާހަކަ ދައްކާނެކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި ސިފަކުރުމުގައި ބައިވެރިވުމުގެ އިތުރުން، މުސްލިމަކަށް ކާފަރެއް ކަމުގައި ތުހުމަތު ކުރުމަކީ ވެސް ކުށަކަށް ހަދައި އެކަމަށް ބޮޑެތި އަދަބުތައް ކަނޑައަޅައި، އިސްލާހު އެމްޑީޕީން މަޖިލީހަށް ހުށައެޅުމާ އެކު ދީނީ އިލްމުވެރިންގެ ފާޑުކިޔުން އިތުރުވެފައިވާ މިދަނޑިވަޅުގައި ޝެއިހް ޒައިދު ވިދާޅުވީ ލާދީނީ ބަސްތަކާއި ލާދީނީ އަމަލުތަކުން ދުރުވުމުން އެހެން ނުކިޔާނެ ކަމަށެވެ.

https://twitter.com/alizaid1000/status/1399599667260772353?s=21

Advertisement
HDC — Sidebar (box)

“ލާދީނީ ބަސްތަކާއި ލާދީނީ ޢަމަލުތަކުން ދުރުވަމާ ހިނގާ! އޭރުން އެހެން ނުކިޔާނެ! ނަމަވެސް އިސްލާމް ދީނާ ޚިލާފަށް ހިތަށް އައިހާ ވާހަކައެއް ދައްކައި، ދީނުގެ ސާބިތު އަސާސްތަކަށް ވެސް އިންކާރު ކުރުމަކީ ލާދީނީ ވުން! ކިތަންމެ ބިރު ދެއްކިޔަސް އެކަން ކުރަންޏާ އެ ވާހަކަ ދައްކާނެ!” ޝެއިހް ޒައިދުގެ ޓްވީޓްގައި ވިދާޅުވިއެވެ.

އެމްޑީޕީން މަޖިލީހަށް ހުށައެޅި ބިލާ އެކު ޑރ. އިޔާޒް ވެސް ވަނީ އެމްޑީޕީގެ ޕީޖީ ގުރޫޕަށް ބަހުގެ ހަމަލާތަކެއް ފޮނުވައިލާފައެވެ. މިގޮތުން ޑރ. އިޔާޒް ވިދާޅުވީ ގާނޫނާއި ގަވާއިދު ހަދަނީ ވަކި ފަރުދަކު ހިމާޔަތް ކުރަން ކަމުގައިވެގެން ނުވާނެ ކަމަށާއި ސްޕަ މެޖޯރިޓީ ލިބިފައި އޮތް ނަމަވެސް އެއަށް ވުރެ ގިނަ ބާރު ދެއްވި ފަރާތްތައް ވެސް ފުނޑިގެން ދިޔަކަން ހަނދާން ކުރަންވާނެ ކަމަށެވެ. ނޫންނަމަ ހިތާމަ ކުރުމުން ފައިދާ ނުކުރާ ވަގުތެއްގައި ހިތާމަ ކުރަން ޖެހިދާނެކަމަށް ވެސް އިޔާޒް ވަނީ ވިދާޅުވެފައެވެ.

އިސްލާމް ދީނަށް ފުރައްސާރަކޮށް ހަޖޫ ޖަހައި ކުފުރުވުމަކީ އިސްލާމް ދީނުގައި ހައްދު ކަނޑައެޅިގެންވާ އަދި ދިވެހިރާއްޖޭގެ ގާނޫނުގައި ކުށެއް ކަމަށާއި ފާޅުގައި އެކުށް ކުރަމުން އަންނަ ނަމަ އެ ވާހަކަ ފާޅުގައި ބުނަން ޖެހޭކަމަށް ވެސް ޑރ އިޔާޒް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް