ދުނިޔެ

އިސްރާއީލުގެ ހަގީގަތް ހާމަ ކުރާތީ ކިޔުއެންއެން އަނެއްކާ ވެސް ޓިކްޓޮކުން ބޭރުކޮށްލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފަލަސްތީނުގެ ޚަބަރުތައް އާންމުކޮށް ގެނެސްދޭ، ޤުދުސް ނިއުސް ނެޓްވޯކް (ކިޔުއެންއެން)ގެ ރަސްމީ ޓިކްޓޮކް އެކައުންޓު އަނެއްކާ ވެސް އެ މަންސަ އިން ބޭރުކޮށްލައިފިއެވެ.

Ads by Sosun Fihaara

ބޭރުގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މިއީ އެ އެކައުންޓު ޓިކްޓޮކުން ބޭރުކޮށްލި ތިންވަނަ ފަހަރެވެ.

ކިޔުއެންއެންއަކީ އިސްރާއީލްގެ ނުބައި ޔަހޫދީން ، މުސްލިމުންނާ މެދު ކަންތައްކުރާ ގޮތުގެ ޚަބަރުތައް އެންމެ އަވަހަށް ގެނެސްދޭ އެއް މީޑިއާއެވެ. އެ މީޑިއާގެ ޓިކްޓޮކް އެކައުންޓުގައި ވެސް ގިނައިން ހިއްސާ ކޮށްފައި ވަނީ އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކާއި ފަލަސްތީނުގެ މުސްލިމު ރައްޔިތުންގެ އާދޭހުގެ ވީޑިއޯކޮޅުތަކެވެ.

ނަމަވެސް މިއަދު އެ މީޑިއާގެ އެކައުންޓު ޓިކްޓޮކުން ބޭރުކޮށްލާފައިވާ ކަމަށާއި މިއީ ފަލަސްތީނުގެ ޚަބަރުތައް ގެނެސްދިނުން ހުއްޓުވާން ކޮށްފައިވާ ކަމެއް ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

އިސްރާއީލުގެ ހަނގުރާމަތަކާބެހޭ ވަޒީރު ބެނީ ގަންޓްޒް، ޓިކްޓޮކްގެ އިސްވެރިޔާއާ ބައްދަލުކޮށް، އިސްރާއީލުގެ ވާހަަކަތައް ގެނެސްދޭ އެކައުންޓުތައް ފުހެލުމަށް އެދިފައިވާކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ޓިކްޓޮކުން މިއަދު ކިޔުއެންއެން ބޭރުކޮށްފައިވީ ނަމަވެސް، އެ މީޑިއާއަކީ ޓިކްޓޮކް ވުޖޫދަށް އައިދުވަސްކޮޅު އެންމެ ފުރަތަމަ އެ މަންސައާ ގުޅުނު އެއް މީޑިއާއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!