Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މާލެ ސަރަޙައްދުގެ 37 މިސްކިތެއްގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

މާލެ ސަރަޙައްދުގެ 37 މިސްކިތެއްގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

މާލެ ސަރަޙައްދުގެ 40 މިސްކިތެއްގެ ތެރެއިން 37 މިސްކިތެއްގައި ނަމާދު ކުރެވޭނެ އިންތިޒާމު އިސްލާމިކް މިނިސްޓްރީން ހަމަޖައްސައި ދެއްވައިފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރުމާ ގުޅިގެން، މި ބަލި ކޮންޓްރޯލު ކުރުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން، 19 މެއި 2021 ވީ ބުދަ ދުވަހުން ފެށިގެން ޖަމާޢަތުގައި ނަމާދު ކުރުން މެދުކަނޑައިލައިފައިވާ ކަމަށެވެ.

ނަމަވެސް ބައެއް ފަރާތްތަކުން މިސްކިތްތަކުގައި ގައިދުރުކަމެއް ނެތި، ޖަމާޢަތް ހަދައިގެން ނަމާދު ކުރަމުންދާތީ އާންމު މަސްލަޙަތަށް ރިޢާޔަތްކޮތް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތައް ބަންދު ކުރަން ނިންމުނު ކަމަށް ވެސް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

Advertisement
HDC — Sidebar (box)

"މިސްކިތްތައް ބަންދު ކުރަން ނިންމި ކަމުގައި ވިޔަސް ބައެއް އާންމު ފަރާތްތަކުން ޚާއްސަ ހާލަތްތަކުގައި މިސްކިތްތައް ބޭނުން ކުރަމުންދާތީ، މާލެ ސަރަޙައްދުގައި ހިމެނޭ 40 މިސްކިތުގެ ތެރެއިން 37 މިސްކިތުގައި ނަމާދު ކުރުމާއި، ފާޚާނާ ކުރުމާއި، ވުޟޫ ކުރެވޭނެ އިންތިޒާމު މިހާރުވެސް ހުރިކަން ފާހަގަ ކުރަމެވެ."އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް