Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޑޮކްޓަރުން ލަފާ ދީފައިވާނަމަ، ބޭރަށް ނުކުމެ ކަސްރަތު ކުރުމުގެ ހުއްދަ އޮންނާނެ: ފުލުހުން

ޑޮކްޓަރުން ލަފާ ދީފައިވާނަމަ، ބޭރަށް ނުކުމެ ކަސްރަތު ކުރުމުގެ ހުއްދަ އޮންނާނެ: ފުލުހުން

ޑޮކްޓަރުން ލަފާ ދީފައިވާ މީހެއް ނަމަ، ކަސްރަތު ކުރުމަށް ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ ދެމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މާލެ ސަރަޙައްދުގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާތީ، ދެ ހަފުތާއަށް އެޅި ހަރުކަށި ފިޔަވަޅުތަކާ އެކު، ހުއްދަ ހޯދައިގެން ނޫނީ ގެއިން ބޭރަށް ނުކުމެ އުޅުން ވަނީ މަނާ ކޮށްފައެވެ.

އެގޮތުން ހެނދުނު ކާފިއު ނޫން ގަޑިތަކުގައި އެކި ބޭނުންތަކަށް ކޮންމެ ގޭބިސީއަކަށް ދެ ފާސް ދޫކުރަން ހަމަޖެހިފައިވީ ނަމަވެސް އޭގެ ތެރޭގައި ކަސްރަތު ކުރުމެއް ނުހިމެނެއެވެ.

Advertisement
HDC — Sidebar (box)

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އެގޮތަށް ޑޮކްޓަރުން ލަފާ ދީފައިވާ މީހުންނަށް ވަކި ހާއްސަ ގަޑިތަކެއްގައި ކަސްރަތަށް ނުކުމެ އުޅުމަށް ހާއްސަ ހުއްދަތަކެއް މިހާރު ދޫކޮށްފައިވާ ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލްގެ އެމްޑީ އަހުމަދު އަފްއާލު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކަސްރަތު ކުރުމަށް ގިނަ ބަޔަކަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށާއި މިފަދަ ހާއްސަ ހުއްދައެއް ދޫކުރުމަކީ ރަނގަޅު ކަމެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް