ގދ.ތިނަދޫން އިތުރު 3 މީހުން ފައްސިވެ، ޖުމްލަ އަދަދު 198އަށް
ގދ. ތިނަދޫން އިތުރު 3 މީހުން ކޮވިޑް-19އަށް ފައްސިވެ އެ ރަށުން ފައްސިވީ އަދަދު 198އަށް އަރައިފިއެވެ.
ތިނަދޫން މިހާރު 198 މީހުން ކޮވިޑް-19އަށް ފައްސިވެފައިވާ އިރު އެކްޓިވް ކޭސްގެ ގޮތުގައި 67 މީހުން އެބަތިއްބެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑަށް ޓެސްޓު ކުރުމަށް ނެގި ސާމްޕަލްތަކުގެ ތެރެއިން ނަތީޖާ ނުލިބި 121 ސާމްޕަލެއް ވެއެވެ.
މި ބައްޔަށް ފައްސިވީ މީހުންގެ ތެރެއިން 132 މީހުން ތިނަދޫން ވަނީ ފަސޭހަވެފައެވެ.
އޭޕްރީލް 24ވަނަ ދުވަހު ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން މީހަކާ އެއްތާވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާ އެކު ތިނަދޫ ވަނީ މޮނީޓަރިން ހާލަތަށް ގެނެވިފައެވެ.
ތިނަދޫ ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދިކޮންޓެކްޓް ޓްރޭސިންއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވަން ބޭނުންފުޅު ނަމަ ތިނަދޫ ކޮވިޑް ހޮޓްލައިން ނަންބަރު 7934641 އާ ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ވެސް އެ ހޮސްޕިޓަލުން އެދެއެވެ.
ތިނަދޫގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވުމާ ގުޅިގެން އެ ރަށުގައި ވެސް މިވަގުތު ވަނީ ކާފިއު އިއުލާނު ކޮށްފައެވެ.