Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކައިވެނީގެ ހަދިޔާއިން ޓެކްސް ނެގޭ އިސްލާހެއް ހުށަހަޅައިފި

ކައިވެނީގެ ހަދިޔާއިން ޓެކްސް ނެގޭ އިސްލާހެއް ހުށަހަޅައިފި

ކައިވެނި ކުރުމުގެ ކުރިންނާއި ފަހުން ލިބޭ ހަދިޔާއިން ޓެކްސް ނެގޭގޮތަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅީ ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރުއެވެ. މި ބިލުގެ ބަހުސް މަޖިލީހުގައި މިއަދު ވަނީ ފަށައިފައެވެ.

ކައިވެނި ހަދިޔާއިން ޓެކްސް ނެގުމަށް ހުށަހެޅި މި ބިލާމެދު މެންބަރު ޒާހިރު ވިދާޅުވީ މި ބިލްގެ ބޭނުމަކީ 2019 ވަނަ އަހަރު ފާސްކުރި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޓެކްސް ނެގޭ އުޖޫރައިގެ ތެރެއިން އިސްތިސްނާ ބާވަތްތައް އިސްލާހު ކުރުމަށާއި ރާއްޖޭގައި ވަޒަންވެރި ނުވާ ފަރާތްތައް ދައްކަން ޖެހޭ ބޭންކް ކޮމިޝަނާއި އިންޓަކަނެކްޝަން ޗާޖާ އަދި ރީއިންޝުއަރެންސް ޕްރިމިއަމްއިން ޓެކްސް ދެއްކުން އިސްތިސްނާ ކުރުން ކަމަށެވެ. އަދި ހަމައެއާ އެކު މިހާރު އޮތް ގާނޫނުގެ ދަށުން ޓެކްސް ނެގުމުގައި ދިމާވާ ދަތިތައް ހައްލުކޮށް އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމުގައި ދިމާވާ ދަތިތައް ހައްލުކޮށް ނިޒާމު އިތުރަށް ހަރުދަނާ ކުރުމަކީ ވެސް އިސްލާހު ހުށަހެޅުއްވި ބޭނުމެއް ކަމަށް ޒާހިރު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ގައްދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި މި އިސްލާހުގައި ކައިވެނީގެ ހަދިޔާއިން ވެސް ޓެކްސް ނެގިދާނެ އުސޫލު ހިމަނައިފައި ވެއެވެ. މީގެ ދެ އަހަރު ކުރިން ފާސްކުރި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު މިހާރު އޮތް ގޮތުން ކައިވެނީގެ މުނާސަބަތުގައި ލިބުނު އެއްޗަކުން ޓެކްސް ދެެއްކުން އިސްތިސްނާވެއެވެ.

ނަމަވެސް މިއަދު ސަރުކާރުން ހުށަހެޅި އިސްލާހުގައިވާ ގޮތުން ކައިވެނީގެ މުނާސަބަތުގައި ލިބޭ ހަދިޔާ ކަމަށް ބަލާނީ ކައިވެނިކުރާ މީހުންނަށް އެ އެއްޗެއް ލިބުނީ ކައިވެނިކުރާ ދުވަހުގެ 30 ދުވަސް ކުރިން ނުވަތަ ކައިވެނިކުރާ ދުވަހު ނުވަތަ ކައިވެނިކުރިތާ ގިނަވެގެން 30 ދުވަސް ފަހުން ހަދިޔާ ލިބުނު ނަމައެވެ. އެހެންކަމުން އެ ނޫން މުއްދަތެއްގައި ކައިވެނީގެ ހަދިޔާ ލިބިފައިވާނަމަ، މި އިސްލާހުގައިވާ ގޮތުގެ މަތިން، އެ އެއްޗަކުން ޓެކްސް ނެގޭނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް