ޚަބަރު

ރެވެނިއު ސްޓޭމްޕް އުވައިލާން ކޮމިޓީން ފާސްކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވައިލާން ރައްޔިތުން މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީން ފާސް ކޮށްފިއެވެ.

Ads by Sosun Fihaara

މި ބިލް ފާސްވެފައި ވަނީ ހުރިހާ މެންބަރުންގެ އިއްތިފާޤުންނެވެ. ރެވެނިއު ސްޓޭމްޕް އުވާލުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ، ސަރުކާރު ފަރާތުން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

ރެވެނިއު ސްޓޭންޕް އުވައިލާން ނިންމައިފައި ވަނީ، ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމް ހިންގުމަށްޓަ ކައި ހިނގާ ޚަރަދާ އަޅައި ބަލާއިރު އެކަށީގެންވާ އާމްދަނީއެއް ނުލިބޭތީ ކަަމަށް ބުނެއެވެ. އަދި މި ނިޒާމްގެ ސަބަބުން ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް އިތުރު ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ވެސް މި ބިލްގައި ބުނެފައިވެއެވެ.

މިހެންކަމުން ދިވެހިރާއްޖޭގައި ވިޔަފާރިކުރުމަށް އޮތް ފުރުޞަތުތައް ލުއި ފަސޭހަކޮށްދިނުމަށް ޓަކައި ކަނޑައަޅައިފައިވާ ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން، ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމަށް ޓަކައި، ރެވެނިއު ސްޓެންޕް އުވައިލާން ފާސްކުރީއެވެ. ހަމައެހެންމެ ރެވެނިޔު ސްޓޭމްޕްގެ ފައިސާއަކީ ދައުލަތުގެ އެކިއެކި އިދާރާތަކުން ފޯރުކޮށްދެމުން އަންނަ އެކިއެކި ޚިދުމަތްތަކަށް ނަގާ ފީ އާއި އެނޫން ވެސް ފައިސާގެ ޒަރީއާއިން ހަމަޖެއްސޭނެ އާމްދަނީއެއްކަމަށް މިބިލްފައި ބުނެފައި ވެއެވެ.

މި މައްސަލާގައި ކޮމިޓީގެ މެންބަރުން ބަހުސް ކުރުމަށް ފަހު ސަރުކާރުން ހުށަހެޅި ގޮތަށް ފާސް ކުރަން ހުށަހެޅީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲއެވެ.

ދައުލަތުގެ ގިނަ ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމަށް އަމަލު ކުރަން ފެށީ އެކަމާ ބެހޭ ހާއްސަ ގާނޫނެއް އެކުލަވައިލުމަށް ފަހު 1970ވަނަ އަހަރުން ފެށިގެންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!