Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކޮވިޑް-19 ބަލީގައި ނިޔާވާ މީހުން ވަޅުލާ ޖަމާޢަތްތެރިންނާ ޝުޖާޢު ބައްދަލުކުރައްވައިފި

ކޮވިޑް-19 ބަލީގައި ނިޔާވާ މީހުން ވަޅުލާ ޖަމާޢަތްތެރިންނާ ޝުޖާޢު ބައްދަލުކުރައްވައިފި

ކޮވިޑް-19ގައި ނިޔާވާ މީހުން ވަޅުލަމުންދާ ހުޅުމާލެ ސަހަރާގައި މަަސައްކަތް ކުރާ ޖަމާއަތްތެރިންނާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ބައްދަލުކުރައްވާ، އެ މީހުންނަށް ހިތްވަރު ދެއްވައިފިއެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ޝުޖާއު ވިދާޅުވީ ކޮވިޑް ބަލިމަޑުކަމުގެ މިި ނާޒުކު ވަގުތު ހިދުމަތުގެ ކުރީ ސަފުގައި ޖަމާއަތްތެރީން އަދާ ކުރަނީ ދީނީ އަދި އިންސާނީ ވަރަށް މަތިވެރި ވާޖިބެއް ކަމަށެވެ.

ޖަމާއަތްތެރިންނާ ބައްދަލުކޮށްލުމުން ފެނުނީ އިހްލާސްތެރި ހިތްތިރި އޯގާތެރި ޓީމެއް ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

"ކޮވިޑްގައި މި ދުނިޔެ ދޫކުރާ އަހުންނާ އުހުތުންގެ އާއިލާތަކުގެ ހިތްދަތި އިހްސާސްތައް އެންމެ ގާތުން ދެކެނީ ޖަމާއަތްތެރީން. އެ ހާލަތުގައި އާއިލާތަކަށް ހިތްވަރު ދެއްވާ. މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ހިތްވަރާއެކު މަސައްކަތް ކުރައްވާ،" ޖަމާއަތްތެރިންނާ ބައްދަލުކުރައްވާ، އެ ބޭފުޅުންގެ އަގުވަޒަން ކުރައްވަމުން ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، މަސައްކަތުގެ ބާވަތުން ކޮންމެ އިރެއްގައި ކޮންމެ ދަމެއްގައި ވެސް ޖަމާއަތްތެރީން ތިބެން ޖެހެނީ ހިދުމަތުގައި ކަމަށާއި މިއީ ސިއްރު ހިފަހައްޓަންޖެހޭ އަމާނާތްތެރި ވާންޖެހޭ ދީނީ ވާޖިބުތަކެއް ހިމެނޭ ހާއްސަ މަސައްކަތެއް ކަމަށެވެ. ޝުޖާއު ވިދާޅުވީ ހުޅުމާލޭގައި މަސައްކަތް ކުރާ ޖަމާއަތްތެރީންނާ ބައްދަލުކޮށްލީ މަސައްކަތްތެރިންނަށް ހިތްވަރު ދިނުމަށް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް