Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި ޒުވާނަކަށް އެމަަޖެންސީގައި ފަރުވާ ދެނީ

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި ޒުވާނަކަށް އެމަަޖެންސީގައި ފަރުވާ ދެނީ

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާން ފިރިހެނަކު ޒަހަމް ކޮށްލައިފިއެވެ.

މިކަމާ ގުޅޭގޮތުން "ދެން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލޭ މައްޗަންގޯޅި ގެއެއްގެ ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވާ ކަމުގެ މައުލޫމާތު މިއަދު 11:04 ހާއިރު ފުލުހުންނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

އަނިޔާ ލިބިފައި ވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.

މި ހަމަލާއާ ގުޅިގެން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އުމުރުން 19 އަހަރުގެ އެ ފިރިހެން މީހާއަށް އެ ހޮސްޕިޓަލުގެ އެމަޖެންސީގައި ފަރުވާ ދެމުންދާ ކަމަށެވެ. މިއީ ފުލުހުން ބައްލަވާ މައްސަލައަކަށް ވާތީ އިތުރު ތަފްސީލު ދެވެން ނެތް ކަމަށް ވެސް އައިޖީއެމްއެޗުން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް