ބީއެމްއެލް ކާޑުގެ ތަކުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑެނީ!

މިރޭ 10:00އިން ފެށިގެން މާދަމާ ހެނދުނު 9:00 ގެ ނިޔަލަށް ބެންކުގެ ކާޑު ސިސްޓަމް އަޕްގްރޭޑް މަސައްކަތްކުރުމަށް ހަމަޖެހިފައި ވާތީ މި މަސައްކަތް ކުރެވެމުންދާ ވަގުތުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ބޭނުންކުރާ ކާޑުގެ ހުރިހާ ހިދުމަތްތަކެއް ވަގުތީ ގޮތުން މެދު ކެނޑިގެންދާނެ ކަމަށް ރާއްޖޭގެ ގައުމީ ބޭންކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިދާޅުވެއްޖެއެވެ.
ބީއެމްއެލްއިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އެ ވަގުތު ތަކުގައި ކާޑުތަކުގެ ޚިދުމަތް މެދުކެނޑުނު ނަމަވެސް، އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގ މެދުވެރިކޮށް އެކައުންޓް ބެލެންސް ޗެކް ކުރުމާއި، ފައިސާ ޓްރާންސްފަރކުރުމާއި އެކައުންޓް ހިސްޓްރީ ޗެކް ކުރެވޭނެ ކަމަށެވެ.
އަޕްގްރޭޑް ކުރުމުގެ މަސައްކަތާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް، ފޭސްބުކް އަދި ޓްވީޓަރއިން ލިބޭނެ ކަމަށް ވެސް ބޭންކުން މިއަދު ނެރުއްވި ނޫސް ބަޔާނުގައި ވެއެވެ.