Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދުވަހަކަށް ވުރެ ދުވަހެއް ފައްސިވާ މީހުންގެ އަދަދު ދަށަށް، މިއަދު ފައްސިވީ 648 މީހުން!

ދުވަހަކަށް ވުރެ ދުވަހެއް ފައްސިވާ މީހުންގެ އަދަދު ދަށަށް، މިއަދު ފައްސިވީ 648 މީހުން!

ރާއްޖެއިން މިއަދު އިތުރު 648 މީހުން ކޮވިޑް-19އަށް ފައްސި ވެެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ ހިސާބުތަކުން ދައްކައި ގޮތުގައި މިއަދު މާލެއިން ފައްސިވީ 349 މީހުންނެވެ. އަތޮޅުތެރެއިން މި ބައްޔަށް ފައްސިވީ 270 މީހުންނެވެ. އަދި ހިންގަމުން އަންނަ ރިސޯޓުތަކުން ފައްސިވީ 13 މީހުންނެވެ. އަދި ތަރައްޤީ ކުރަމުން އަންނަ ރަށްތަކަކުން 16 މީހަކު ކޮވިޑް-19އަށް މިއަދު ފައްސި ވެފައިވެއެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 66،516 މީހުންނެވެ.

Advertisement
HDC — Sidebar (box)

ބަލިން ފަސޭހަވެފައި ވަނީ 43،959 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައި ވަނީ 173 މީހުންނެވެ.

ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 213 މީހުންނަށެވެ.

މި ފަހަކަށް އައިސް ކޮވިޑް-19 އަށް ރާއްޖެއިން ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި މި ބަލީގައި ރާއްޖެއިން ނިޔާވާ މީހުންގެ އަދަދު ވެސް އިތުރުވަމުން އަންނަކަން ފާހަގަ ވެއެވެ.

ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް ޓަކައި އެޗްޕީއޭއިން މިހާރު ވަނީ ކުރިން އެޅި ބައެއް ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި ހަވީރު 4:00އިން އަނެއް ދުވަހުގެ ހެނދުނު 8:00އަށް ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. އަދި ކާފިއު ނޫން ގަޑިތަކުގައި ވެސް ގެއިން ބޭރަށް ނުކުމެވެނީ ބޭރަށް ނުކުތުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށް އެކަންޏެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް