ޚަބަރު

ޓޫރިޒަމުން ގެއްލުނު ބައި މިއަހަރުގެ ނިޔަލަށް އަނބުރާ ލިބޭނެ: މިނިސްޓަރު

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް އަންނަ ޓޫރިސްޓުން މަދުވި ނަމަވެސް، މިއަހަރުގެ ނިޔަލަށް އެ ގެއްލުނުބައި އަނބުރާ ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު، ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިނިސްޓަރު ވިދާޅުވީ، ކުރިން އުންމީދު ކުރީ އަހަރުގެ ލޯސީޒަންއާ ދިމާކޮށް ޓޫރިޒަމް ރަނގަޅުވާނެ ކަމަށް ކަމަށާއި، އެހެން ނަމަވެސް މިހާރު އެވަރެޖުކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 1500އަށް ވުރެ ދަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ. ޔޫރަޕު ހިސާބުތަކުގެ ހޫނު މޫސުމުގައި، ބައެއް ގައުމުތައް އަގުހެޔޮ ވުމުގެ ސަބަބުން އެމީހުން އާންމު ގޮތެެއްގައި ރާއްޖެއަށް ނާންނަ ކަމަށެވެ. އެހެން ނަމަވެސް މި މަހުގެ 21އިން ފެށިގެން ބްރިޓިޝް އެއާވޭސްގެ ގިނަ ދަތުރުތަކެއް ރާއްޖެއަށް ކުރުމަށް ހަމަޖެހިފައި ވަނިކޮށް ރާއްޖޭގެ ކޮވިޑް ވޭދަނަތައް މަތިވުމުން ރާއްޖެ ރެޑްލިސްޓަށް އެރުމަކީ ލިބުނު ގެއްލުމެއް ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް 460،924 ޓޫރިސްޓުން އައިސްފައިވެއެވެ. މިދިޔަ އަހަރު ރާއްޖެއަށް އައިސްފައި ވަނީ 555،494 ޓޫރިސްޓުންނެވެ. އޭގެ ކުރީ އަހަރު 1.7 މިލިއަން ޓޫރިސްޓުން އައިސްފައިވެއެވެ. ސަރުކާރުން ބުނެފައިވަނީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށެވެ.

Ads by Ooredoo
  1. ވެރިޔާ

    މާގިނަ އަނގަނުތަޅާ އަހަރެމެން ގެސްޓްހައުސްތައް ހެދުމަށް ނެގި ލޯނަށް ލުއިގޮތެއް ހޯދާދޭން މަސައްކަތް ކޮށްބަލާ މިތިބީ ތަންތަން ބަންދުކޮށްގެން ލޯން ދައްކާ ދައްކާ ހަންކެނޑިފައި