Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން މިނިސްޓަރ ޝާހިދު ކާމިޔާބު ކުރައްވައިފި

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން މިނިސްޓަރ ޝާހިދު ކާމިޔާބު ކުރައްވައިފި

އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކާމިޔާބު ކުރައްވައިފިއެވެ.

މި އިންތިހާބުގައި މިނިސްޓަރ ޝާހިދުއާ ވާދަ ކުރެއްވީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސޫލްއެވެ.

އދ.ގެ ރިޔާސަތު ހޮވުމަށް ޓަކައި މިއަދު ރާއްޖެ ގަޑިން 19:00ގައި އދ. ގެ ޖެނެރަލް އެސެމްބްލީގައި ނެގުނު ވޯޓުން މިނިސްޓަރ ޝާހިދު ހޮވިވަޑައިގަތީ 143 ވޯޓުގެ އަޣްލަބިއްޔަތަކުންނެވެ.

Advertisement
Ooredoo — Truecaller (box)

މިއީ ތާރީހުގައި ވެސް އދ. ގެ މިހާ އިސް މަގާމަކަށް ދިވެއްސަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.

"ދުނިޔޭގެ ހުރިހައި ޤައުމުތަކެއްގެ އިތުބާރާއި ޔަގީންކަން ދިވެހިރާއްޖެއަށް ލިބިގެން ދިއުމުން، ސާބިތުވެގެން މި ދިޔައީ މުޅި ދުނިޔެ، މިއަދު ރާއްޖެ ބަލައިގެންފައިވާކަން. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ޒަޢާމަތަށް މުޅި ދުނިޔެ ތަރުހީބު ދެމުންދާކަން. ރައީސް ޞާލިހުގެ ޚާރިޖީ ސިޔާސަތު ދުނިޔެ ޤަބޫލުކޮށްފައިވާކަން." އާއްމު މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގަތުމުން މެންބަރު ގައުމުތަކުގެ މަންދޫބުންނާއި މުހާތަބު ކުރައްވާ ދެއްވި ތަގުރީރުގައި މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އދގެ އާންމު މަޖިލީހުގެ 76 ވަނަ މަޖިލީހުގެ ރައީސްކަމާ ފޮރިން މިނިސްޓަރ ޝާހިދު ހަވާލުވެވަޑައިގަންނަވާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް