Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރާއްޖެއަށް ވެކްސިން ލިބޭނީ ޖުލައި މަހުގައި: ރައީސް

ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ރާއްޖެއަށް ލިބޭނީ ޖުލައި މަހުގެ ތެރޭގައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިވަގުތު ކުރިއަށްދާ ނޫސްވެރިންހެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޖުލައި މަހު ރާއްޖެއަށް ލިބޭނީ ސިންގަޕޫރުން ގެންނަ 7 ލައްކަ ޑޯޒް ވެކްސިންގެ ތެރެއިން 5 ލައްކަ ޑޯޒްގެ ވެކްސިން ކަމަށެވެ.

ރައީސް ވިދާޅުވީ، ސިންގަޕޫރުގެ އެ ކުންފުންޏާ އެކު މިއަދު ބައްދަލުވުމެއް ބޭއްވުނު ކަމަށާއި، ޖުލައި މަހުގެ ތެރޭގައި އެ ވެކްސިންގެ 5 ލައްކަ ޑޯޒްގެ ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއްވައިފައިވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން ރައީސް ވިދާޅުވީ، ރަޝިއާގެ ވެކްސިން ކަމަށްވާ ސްޕުޓްނިިކް ވީ ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރިއަށްދާ ކަމަށާއި އެއްބަސްވުމުގައި ސޮއިކުރާތާ ހަތަރު ހަފްތާގެ ތެރޭގައި އެ ވެކްސިންގެ ދެލައްކަ ޑޯޒު ރާއްޖެއަށް ގެނެވޭނެ ކަމަށެވެ.

އެމެރިކާއިން ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށާއި އެހެންކަމުން މި މަހުގެ ތެރޭގައި އެގައުމުން ފޯރުކޮށްދޭ ވެކްސިން ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ރައީސް ވިދާޅުއެވެ. އެހެން ނަމަވެސް ލިބެނީ ކޮން ވެކްސިންއެއް ކަމާއި ކިހާ މިންވަރެއް ކަމެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް