Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސްޓޫޑެންޓް ލޯންތައް މިއަހަރުގެ ނިޔަލަށް ފަސްކުރަން ނިންމައިފި

ސްޓޫޑެންޓް ލޯންތައް މިއަހަރުގެ ނިޔަލަށް ފަސްކުރަން ނިންމައިފި

ސްޓޫޑެންޓް ލޯނު މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމައިފިއެވެ.

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިއުލާން ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙެވެ.

ރައީސް ޞާލިޙް ވިދާޅުވީ ހަޔަން އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް، ފިނޭންސް މިނިސްޓްރީއާ ގުޅިގެން މަތީ ތައުލީމް ހާސިލުކުރަމުންދާ ދަރިވަރުންގެ ސްޓޫޑެންޓް ލޯނު މިއަހަރުގެ ނިޔަލަށް ފަސްކޮށްދިނުމަށް ނިންމާފައިވާ ކަމަށާއި ސަރުކާރަށް މަތީ ތަޢުލީމް ލޯން ދައްކަން ޖެހޭ 4،000 މީހުން ތިބި ކަމަށެވެ.

Advertisement
Allied Insurance — Square (box)

އެންމެ ފުރަތަމަ ސްޓޫޑެންޓް ލޯނުތައް ދެއްކުން ފަސްކޮށްފައި ވަނީ މިދިޔަ އަހަރު މާރިޗް މަހުގެ ތެރޭގައެވެ. އޭރު ލޯނު ދެއްކުން ފަސްކުރީ 6 މަސް ދުވަހަށެވެ.

"މިއަދު އަޅުގަނޑު ވާނީ ފިނޭންސް މިނިސްޓްރީއާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ އެކީގައި މިކަމުގައި މަޝްވަރާކޮށް، ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނުތައް މިއަހަރުގެ ނިޔަލަށް ފަސްކޮށްދިނުމަށް ނިންމާފަ،" ރައީސް ޞާލިޙު ވިދާޅުވިއެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން ރައީސް ޞާލިޙް ވަނީ ސްޓޫޑެންޓް ލޯނުތަކާ މެދު ވަކި ގޮތެއް ނިންމާނެކަމަށް ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް