Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދަތުރުދާ ރަށަކަށް ފަރުކޮޅުފުށި ހަމަޖެއްސީ ސަރުކާރާ އެއްވެސް މަޝްވަރާއެއް ނުކޮށް: ރައީސް

ދަތުރުދާ ރަށަކަށް ފަރުކޮޅުފުށި ހަމަޖެއްސީ ސަރުކާރާ އެއްވެސް މަޝްވަރާއެއް ނުކޮށް: ރައީސް

އެއްވެސް ފަރާތަކުން ހުޅުމާލޭގެ ޕްލޭނަށް ބަދަލެއް ގެންނަ ކަމަށްވާ ނަމަ ސަރުކާރާއި އަދި އެޗްޑީސީއާ މަޝްވަރާ ކުރަން ޖެހޭނެ ކަމަށާއި، މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ދާ ރަށެއްގެ ގޮތުގައި ކ. ފަރުކޮޅުފުށި ހަމަޖެއްސުމަށް މާލެ ސިޓީ ކައުންސިލުން ނިންމީ ސަރުކާރާ އެއްވެސް ވަރަކަށް މަޝްވަރާ ނުކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ، ފަރުކޮޅުފުށި ދަތުރުދާ ރަށެއްގެ ގޮތުގައި ހަމަޖެއްސުމަށް ސިޓީ ކައުންސިލުން އެއްވެސް މަޝްވަރާއެއް އެ މަނިކުފާނާ ކޮށްފައި ނުވާ ކަމަށާއި އަދި ސަރުކާރުގެ އެއްވެސް ހިސާބަކަށް އެމައްސަލަ އައިސްފައި ނުވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެއީ ހުޅުމާލޭގެ ބައެއް ކަމަށްވާ އިރު އެއްވެސް ފަރާތަކުން ހުޅުމާލޭގެ ޕްލޭނަށް ބަދަލެއް ގެންނަ ކަމަށްވާ ނަމަ ސަރުކާރާއި އަދި އެޗްޑީސީއާ އެކަމުގައި މަޝްވަރާ ކުރަންޖެހޭނެ ކަމަށެވެ. އަދި ހުޅުމާލޭގެ ބިމުގެ މިލްކުވެރި ފަރާތަކީ ވެސް އެޗްޑީސީ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދާނެ ރަށެއް ކަނޑައެޅުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާއިރު، އެނބޫދޫފަޅާއި ދިޔަނެރުފަޅުގައި ދަތުރުދާނެ ރަށްތަކެއް ހަދަމުންދާ ކަމަށް ވެސް ސަރުކާރުން ކުރިން ވަނީ ހާމަ ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް