ޚަބަރު

ބްރޯޑްކާސްޓިންގެ އަހަރީ ފީ ދެއްކުމުގައި ލުއިގޮތްތަކެއް ހަމަޖައްސައިދިނުމަށް އެދިއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޮވިޑް-19ގެ ހާލަތާ ގުޅިގެން، ބްރޯޑްކާސްޓިން ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ބްރޯޑްކާސްޓްކުރާ އަދި ރީބްރޯޑްކާސްޓްކުރާ ސްޓޭޝަންތައް ހުއްޓައިލަން ޖެހިދާނެކަމުގެ ބިރު ހީވެފައިވާތީއާއި މިހާލަތުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން އެ ފަރާތްތަކުން ދައްކަން ޖެހޭ އަހަރީ ފީ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހުގެ އަރިހުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެދިއްޖެއެވެ.

Ads by Sosun Fihaara

ބްރޯޑް ކާސްޓިން ކޮމިޝަނުން، ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާފައިވާ ސިޓީގައި ކޮވިޑްގެ ހާލަތާ ގުޅިގެން ދިވެހިރާއްޖޭގެ ގިނަ ސިނާއަތުތަކަކަށް ވަނީ އޭގެ ނޭދެވޭ އަސަރުކޮށްފައިވާ ކަމަށާއި މި ބަލިމަޑުކަން ދެމިގެން ދިއުމުގެ ސަބަބުން މި ގެއްލުންތައް މިހާރު ވެސް ދަނީ މެދުކެނޑުމެއްނެތި ކުރިމަތިވަމުންކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ބްރޯޑްކާސްޓަރުންނާއި، ރީބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ މި ދަތި ދަނޑިވަޅުގައި އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމުގެ ޤާނޫނީ ޒިންމާ ޙަވާލުވެފައިވާ ފަރާތުގެ ހައިސިއްޔަތުން، އެ ފަރާތްތަކަށް ލުއިތަކެއް ދިނުމަށް ޓަކައި، ރައީސްއަށް ފޮނުވި ސިޓީގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ޓީވީ އަދި ރޭޑިއޯގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ކޮމިޝަނުން ދޫކޮށްފައިވާ ބްރޯޑްކާސްޓިންގ ލައިސަންސްގެ 2020 އަދި 2021 ވަނަ އަހަރުގެ އަހަރީ ފީއާއި، ޖޫރިމަނާ މާފުކޮށްދިނުމާއި، ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން ދޫކޮށްފައިވާ ފްރިކުއެންސީތަކުގެ 2020 އަދި 2021 ވަނަ އަހަރުގެ އަހަރީ ފީ މާފުކޮށްދިނުން ހިމެނެއެވެ.

އަދި ހަމައެހެންމެ ކޭބަލްޓީވީގެ ޚިދުމަތްދޭ ފަރާތްތަކުގެ ތެރެއިން މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނަގައިފައިވާ ފަރާތްތަކުގެ 2020 އަދި 2021 ވަނަ އަހަރު އަހަރީ ފީ އަދި ޖޫރިމަނާ މާފުކޮށްދިނުންމައި، އެފަރާތްތަކުގެ ތެރެއިން މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނަގާފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުގެ 2020 އަދި 2021 ވަނަ އަހަރު އަހަރީ ފީ އަދި ޖޫރިމަނާ މާފުކޮށްދިނުންމަށް ވެސް ރައީސްގެ އަރިހުން ބްރޯޑްކޮމްއިން ވަނީ އެދިފައެވެ.

  1. ސަންޓޭ2

    އަލްހަމްދުލިއްލާހި ވަރައް އުފާ ވެރި ޚަބަރެއް