ބޭރުގެ ބަޔަކު ދިވެހީންގެ ފޭލި އަމިއްލަ ކޮށްލުމުން ދިވެހިން ރަތަށް!

ދިވެހީންނަކީ އެންމެ ޒަމާނުއްސުރެ ވެސް ދިވެހިންގެ އަމިއްލަވަންތަ ފޭރާމަށް ލޯބިކުރާ ބައެކެވެ. އެގޮތުން ފޭއްޔަކީ އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުގައި އެންމެ ގިނައިން ބޭނުންކުރި އެއް ފޭރާމެވެ. ނަމަވެސް ކުދި ގައުމުތަކުގެ މިފަދަ އަމިއްލަވަންތަ ފޭރާން ވަގަށް ނަގައިގެން އެހެން ގައުމުތަކުގެ މީހުން ވިއްކާ އަމިއްލައަށް ފައިދާ ނެގުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ.
ދާދި ފަހަކުން ދިވެހީންގެ ސަގާފީ ފޭލީގެ ޑިޒައިން ވަގަށް ނަގައި ބޭރު ގައުމެއްގައި އެ ޑިޒައިން އަމިއްލަ އެއްޗެއް ގޮތުގައި ވިއްކަމުން އަންނަ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މިގޮތަށް ދިވެހީންގެ ފޭލި މާކެޓުކޮށް ވިއްކަމުން އަންނަނީ، ގްރީސްގެ ކުންފުންޏެއް ކަމަށްވާ "ބްލުއާ" ނަކަމަށް ކިޔާ ކުންފުންޏަކުންނެވެ.
https://twitter.com/AngelFamushu/status/1402482684375363585?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1402482684375363585%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fdho.mv%2Flifestyle%2F92599%3Ffbclid%3DIwAR3nuHW49stQYpl60ggMfHdKVKMaxqEzIJhIz-mxb2k_HpaqX1EjiCnL_vU
ފޭލި ވިއްކުމުގައި މައްސަލައެއް ނެތެވެ. އެހެން ނަމަވެސް މީގައި ގޯހީ އެ ފޭއްޔަކީ އެމީހުންގެ އަމިއްލަ އުފެއްދުމެއް ގޮތުގައި ބުނެވިއްކަމުން ދިއުމެވެ. އެ ކުންފުނިން އެ ފޭލި ވިއްކަމުން ދަނީ 234 ރުފިޔާއަށެވެ. އެ ކުންފުނިން ހުދުކުލައާއި ކަޅު ކުލައިގެ ފޭލި ވިއްކަމުން ދިޔައީ "ސެރޯންގް" ކެޓަގަރީގައެވެ.
https://twitter.com/randropz/status/1402495960610082818?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1402495960610082818%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fdho.mv%2Flifestyle%2F92599%3Ffbclid%3DIwAR3nuHW49stQYpl60ggMfHdKVKMaxqEzIJhIz-mxb2k_HpaqX1EjiCnL_vU
ގްރީސްގެ މި ކުންފުނިން ފޭލި އެގޮތަށް ވިއްކާކަން ދިވެހިންނަށް “ފަޅައިއެރުމުން” އެތައް ދިވެހިނެއްގެ ލޭ ކެކުނެވެ. އަދި މީސްމީޑިއާގެ އެކި މަންސަތަކުގައި އެތައް ބަޔަކު ނުރުހުން ފާޅުކުރަމުން ދިޔައިރު، "ކަލްޗަރ އެޕްރޮޕްރިއޭޓް" ކުރާ ކަމުގެ ތުހުމަތު އެ ކުންފުންޏަށް އެތައް ބަޔަކު ވަނީ ކޮށްފައެވެ. އަދި މިފަދަ ޕޯސްޓްތައް އިންސްޓަގުރާމު ފަދަ މީސްމީޑިއާގެ އެކި މަންސަތަކުން ފެންނަން ފެށުމުން، އެ ކުންފުނިން ވަނީ އެ މީހުންގެ އިންސްޓަގުރާމް ޕޭޖުގައި އެ ފޭރާމުގެ ނަން "މޯލްޑިވިއަން ޓްރެޑިޝަނަލް ސެރޯންގް"އަށް ބަދަލު ކޮށްފައެވެ.
<img class="alignnone size-full wp-image-95499" src="https://cdn.dhen.mv/wp-content/uploads/2021/06/photo6199596322261151112-1.jpg" alt="" width="828" height="833" />
މިކަމާ ގުޅިގެން އެ ކުންފުނިން ވަނީ ދިވެހިންގެ ކިބައިން މަޢާފަށް އެދިފައެވެ. އެގޮތުން އެ އިންސްޓަގުރާމް ޕޭޖުގެ ސްޓޯރީގައި ވާ ޕޯސްޓެއްގައި އެމީހުން ބުނެފައި ވަނީ، އެމީހުންގެ އަމިއްލަ އުފެއްދުމެއް ކަމަށް ބުނެ ދިވެހިންގެ ފޭލި ވިއްކަމުން އަންނަކަން އެ ކުންފުންޏަށް އެނގިފައިވާ ކަމަށެވެ. އަދި މިހާރު އެ އުފެއްދުމުގެ ނަން އެމީހުންގެ ޕޭޖުން ބަދަލުކޮށްފައިވާ ކަމަށާއި، އެކަމަށް ނިހާޔަތަށް މަޢާފަށް އެދޭ ކަމަށެވެ.







ކޮމެންޓް