Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ވަރުބަލިވެއްޖެ، އަޅުގަނޑަށް ވެސް އަބަދު އަނގަ ބަންދުކޮށްގެނެއް ނުހުރެވޭނެ: މަހުލޫފް

ވަރުބަލި ވެއްޖެ ކަމަށާއި އަބަދު އަނގަ ބަންދުކޮށްގެން ނުހުންނެވޭނެކަމަށް މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓު، އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވުމުން މިނިސްޓަރުކަމުގެ މަގާމުން ވަގުތީގޮތުން އެކަހެރިވެ ހުންނަވައެވެ.

މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ކަންބަޅިއެއްހެން ހަމައެކަނި އޭނާ ކަތިލިޔަސް އެމްއެމްޕީއާރުސީގެ މައްސަލަ ނިމުނީކަމަށް ރައްޔިތުން ދެކޭނެކަމަށް ހީކުރުމަކީ ގޯހެއް ކަމަށާއި އޭނާ ވަރުބަލިވެއްޖެ ކަމަށެވެ. އަދި އަބަދު އަނގަބަންދުކޮށްގެން ނުހުރެވޭނެކަމަށް ވެސް މިނިސްޓަރުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

Advertisement
Allied — Dhen Online (box)

މިނިސްޓަރު ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވެފައި ވަނީ “ޤާނޫނާއި ގަވައިދުގެ ތެރެއިން އަދި ކޮމިޝަން، ޕޮލިސް، ޕީޖީ އަދި އޭސީސީ އިން އަމިއްލައަށް ހަދައިގެން ތިބި އުސޫލުތަކާ ވެސް އެއްގޮތަށް ތަފާތުނުކޮށް މައްސަލަ ގެންދާނަމަ ކުރިން ދެންނެވިހެން އެންމެ ދުވަހަކު ވެސް މަގާމުގައި ދެމިނުހުންނަވާނެ” ކަމަށެވެ.

މަހްލޫފު އިތުރަށް ވިދާޅުވީ ފެށުނީއްސުރެ ވެސް އެމްއެމްޕީއާރުސީ މައްސަލައިގައި އޭނާއާ މެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް ކަމަށެވެ. އަދި އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށާއި ބޭނުމަކީ ހަމައެކަނި އޭނާ މަގާމުން ވަކިކުރުން ކަމަށް ވެސް މަހުލޫފް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް