Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ރައީސްގެ ކަންފަތްމަތީ ޖެހި މީހާއަށް 4 މަހުގެ ޖަލު ހުކުމެއް

ރައީސްގެ ކަންފަތްމަތީ ޖެހި މީހާއަށް 4 މަހުގެ ޖަލު ހުކުމެއް

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންގެ ކަންފަތް މަތީގައި ޖެހި މީހާ ހަތަރު މަހަށް ޖަލަށްލާން ފްރާންސްގެ ކޯޓަކުން އަމުރުކޮށްފިއެވެ.

28 އަހަރުގެ ޑެނިއަލް ޓާމެންގެ މައްޗަށް 4 މަހުގެ ޖަލު ހުކުމެއް އިއްވިއިރު، މިމުއްދަތުގެ ތެރޭގައި އިތުރު ހަމަނުޖެހުމެއް ހިންގައިފިނަމަ ޖަލު ހުކުމުގެ މުއްދަތު އިތުރު 14 މަހަށް އިތުރުވެގެންދާނެ ކަމަށް ވެސް ހުކުމުގައި ވެއެވެ.

ރައީސް މެކްރޮންގެ ކަންފަތްމަތީގައި ޑެނިއަލް ޖަހައިފައި ވަނީ، އޭނާއަށް މަރުހަބާ ކިޔުމަށް އެއްވެ ތިބި ރައްޔިތުންނާ ސަލާމް ކުރައްވަމުން ގެންދަނިކޮށެވެ. ޑެނިއަލް ވަނީ އެއްޗެކޭ ބުނާ ކަމަށް ހަދާ، ރައީސް އޭނާއާ ދިމާޔަށް ލެނބިލި ވަގުތު ވާތް ފަރާތު ކަންފަތްމަތީގައި ޖަހައިފައެވެ. އެވަގުތު ރައީސްގެ ހަށިފާރަވެރިންނަށް ވެސް އޭނާ ސަލާމަތް ކޮށެއް ނުދެވުނެވެ.

Advertisement
Ooredoo — Truecaller (box)

އެހެންނަމަވެސް ކަންފަތް މަތީގައި ހަމަ ޖެހުމާއެކު، ރައީސްގެ ހަށިފާރަވެރިން ވަނީ ޑެނިއަލްގެ ގައިމައްޗަށް ވެއްޓިގަނެ، އޭނާ ހައްޔަރުކޮށްގެން ގެންގޮސްފައެވެ.

މި މައްސަލައަށް އިޢުތިރާފްވަމުން ޑެނިއަލް ބުނެފައި ވަނީ އޭނާ ފުރަތަމަ ނިންމީ ރައީސްގެ ބޮލަށް ބިހެއް ޖަހަން ކަމަށާއި އެހެން ނަމަވެސް އެކަން ނުވެދާނެތީ ކަންފަތްމަތީގައި ޖެހީ ކަމަށެވެ. އަދި އެކަން ކުރީ ކުރީބައި ޕްލޭންކޮށްގެން ކަަމަށާއި މިކަން ކޮށްފައި ވަނީ ރައީސް މެކްރޮން އަކީ ފްރާންސަށް އޮތް ލަދެއް ކަމަށްވާތީ ކަމަށެވެ. ޑެނިއަލްގެ މައްޗަށްކޮށްފައި ވަނީ އާއްމުންގެ ޚިދުމަތުގައި ހުރި އޮފިޝަލަކަށް އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް