Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ބްރައުނީސް ތައްޔާރު ކުރާނެ ފަސޭހަ ގޮތެއް!

ބްރައުނީސް ތައްޔާރު ކުރާނެ ފަސޭހަ ގޮތެއް!
ބްރައުނީސްއަކީ ކުދިބޮޑު އެތައް ބައެއްގެ "ފޭވަރިޓް"އެކެވެ. ގިނަ ބަޔަކަށް މި ކާނާ މީރު ނަމަވެސް، ތައްޔާރު ކުރާކަށް ނޭނގެއެވެ. މިއީ ވަރަށް ފަސޭހައިން ގޭގައި ތައްޔާރު ކޮށްލެވިދާނެ އެއްޗެކެވެ. މާ ގިނަ ސާމާނުތަކެއް ބޭނުމެއް ނުވާނެއެވެ. އަދި މަދު ވަގުތުކޮޅެއްގެ ތެރޭގައި މުޅި ގެއިން ބްރައުނީގެ މީރު ޗޮކްލެޓީ ވަހުން ފުރައިލެވޭނެއެވެ. މިއީ ވަރަށް މީރު އެހެން ނަމަވެސް އާދަޔާ ޚިލާފު ބްރައުނީއެކެވެ.

ބްރައުނީސް ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:

  • ގްރެނިއުލޭޓެޑް ހަކުރު
  • ގޮދަން ފުށް
  • ލޮނު
  • ޗޮކުލެޓް ޗިޕްސް

ތައްޔާރު ކުރާނެ ގޮތް

2 ބިސް އަދި ފެން - ތަޅައިލުމަށް ފަހު، ކުޑަ ފެން ފޮދަކާއި އިތުރު ބިހެއް އެއްކޮށްލުމުން، އެއްވެސް ކެމިކަލަކާ ނުލާ އިސްތިހާރުތަކުގައި ދައްކާ ބްރައުނީސް ފަދައިން ތެތްކޮށް ހުންނާނެއެވެ. އަދި މިރެސިޕީގައި ބޭކިންގް ޕައުޑަރ ނުހިމެނޭތީ، ރަނގަޅަށް ފިހެވިގެން ދިއުމަށް ބިސް ބޭނުން ވާނެއެވެ. މުގުރާފަ ހުންނަ ހަކުރު - މުގުރައިފައި ހުންނަ ހަކުރުގައި ހުންނަ ޒުވާރި ފުށުގެ ސަބަބުން އެއްވެސް ކެމިކަލަކާ ނުލައި ފުށްގަނޑު ބޯވެގެންދެއެވެ. ފޮނިނުކޮށް ހުންނަ ކޮކޯ ޕައުޑަރ - ކޮކޯ ޕައުޑަރު އަޅައިލުމަށް ފަހު އަނެއްކާ ވެސް ރަނގަޅަށް ގިރައިލާށެވެ. ތެޔޮ – އެއަށް ފަހުގައި ހެޔޮވަރު ވަރަކަށް ކުޑަކުޑަ ތެޔޮ ފޮދެއް އަޅައިލުމަށް ފަހުގައި އަނެއްކާ ވެސް ރަނގަޅަށް ގިރައިލާނީއެވެ. ވެނީލާ އެސެންސް – ސައިސަމުސަލެއްގެ ދެބައި ކުޅަ އެއްބައި ވެނީލާ އެސެންސް އަޅައިލުމަށް ފަހު ގިރައިލާނީއެެވެ. މި ހުރިހާ ބައިތަކެއް އެއްކޮށްލުމަށް ފަހު ފިހެލުމުން ބްރައުނީސް ތައްޔާރު ކޮށްލެވުނީއެވެ. އަދި ބްރައުނީސް ރަނގަޅު ބައްޓަމެއްގައި ބަހައްޓަން ބޭނުން ނަމަ "ބަޓާރ ޕޭޕަރ" އެއްގެ މަތީގައި ބެހެއްޓުމަށް ފަހުގައި ބޭނުން ބައްޓަމަކަށް ބްރައުނީސް އެޅިދާނެއެވެ. ބްރައުނީސް ތައްޔާރު ކުރުމަށް މާގިނަ ވަގުތުތަކެއް ވެސް ނުނަގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް