ޚަބަރު

ބިގޭއަށް ފަސްޓް ލޭޑީގެ ތައުރީފު: އެއީ ބަސްމަދު، އަމަލު ގިނަ، ކެރޭ ލީޑަރެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) އަކީ ބަސްމަދު އަމަލު ގިނަ ކެރޭ ލީޑަރެއް ކަމަށް ވިދާޅުވެ ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ތައުރީފު ކުރައްވައިފިއެވެ.

Ads by MWSC

ބިގޭ މިއަދު ހެނދުނު ބައިވެރިވެވަޑައިގެންނެވި ޓީވީ ޕްރޮގްރާމެއްގެ ލިންކް ފޭސްބުކްގައި ހިއްސާކުރައްވަމުން މެޑަމް ފަޒްނާ ވިދާޅުވީ، ޓިނު ގޮޅީގައި 6 މަސް ދުވަސް، ބޮޑު ގޮޅީގައި ދެ ރޯދަ މަސް އަދި ޖަލުގައި ފަސް އަހަރަށްވުރެ ގިނަ ދުވަސް ބިގޭ ހޭދަކުރެއްވި ކަމަށެވެ. އަދި ބިގޭގެ ޒުވާން އުމުރުގެ އެތައް ދުވަހެއް ގޭބަންދާއި އަރުވާލުމުގައި ހޭދަކުރެއްވި ކަމަށް ވެސް ފަސްޓް ލޭޑީ ވިދާޅުވިއެވެ.

މެޑަމް ފަޒްނާ އިތުރަށް ވިދާޅުވީ، އެ ޕްރޮގްރާމްގައި ބިގޭ ވާހަކަ ދެއްކެވީ ދިމާވެފައިވާ މައްސަލައަށް ކަމަށާއި ވަކި މީހަކު މޮޅުކޮށް ނުވަތަ ދެރަކޮށް ވާހަކަ ދައްކަވާފައިނުވާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އަދި ބިގޭގެ ނިންމުންތައް ނިންމުމުގައި އިސްކަންދެނީ ވަގުތާއި ހާލަތަށް ބަލައި އެ ވަގުތު ގައުމަށް އެންމެ ފައިދާ ހުރިގޮތަށް ކަމަށް ފާހަގަކުރެއްވި ކަމަށް ވެސް ފަސްޓް ލޭޑީ ވިދާޅުވިއެވެ.

"ބިގޭއަކީ ބަސްމަދު އަމަލު ގިނަ، ސިޔާސީ ތަޖުރިބާހުރި ކެރޭ ހީވާގި ލީޑަރެއްކަން ހާމަވެގެން ހިނގައްޖެ" މެޑަމް ފަޒްނާ ވިދާޅުވެފައިވެއެވެ.

ފަސްޓް ލޭޑީ މިފަދައިން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުއާއި ބިގޭގެ ގުޅުން ގޯސްވެފައި ވަނިކޮށެވެ.

  1. އެކުވެރިއެއް

    ސާބަހޭކަމަނާ ތިޔަގޮތުގައި ހުންނަވާތީ ކެނެރީގޭމީހުންޖޭވަނީ ވަރަށްސާފް އިނގޭތޯ