މިސްރުގެ އިމާމަކަށް ވަޅިން ހަމަލާދީ މަރައިލައިފި

މިިސްރު މިސްކިތެއްގެ އިމާމަކަށް ވަޅިން ހަމަލާދީ މަރައިލައިފިއެވެ.
މިކަން ހިނގައިފައި ވަނީ މިސްރު ދަޚައްލިއާގެ އަލްސަލާހަތު އަވަށުގައެވެ.
ބޭރުގެ މީޑިއާތައް ބުނާ ގޮތުގައި މި ހާދިސާގެ މަންޒަރުތައް ވަނީ ސީސީޓީވީތަކަށް އަރައިފައެވެ. ފުޓޭޖްތަކުން ފެންނަ ގޮތުގައި އިމާމު ވާލިދު އުމަރުގެ ގަޔަށް އެތައް ފަހަރަކު ވަޅި ޖެހުމަށް ފަހު ވަޅި ޖެހި މީހާ ވަނީ ފިލައިފައި ކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް ފުލުހުން ފަހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.
ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ ވަޅި ޖެހި މީހާއަކީ އިންޖިނިއަރިން ކިޔަވާ ދަރިވަރެއް ކަމަށާއި އަދި އޭނާއަކީ އިމާމާ ތިމާގެ ވެސް މީހެއް ކަމަށެވެ. އޭނާ ކުށަށް އިޢުތިރާފުވެފައިވާކަން ހާމަ ކުރަމުން ފުލުހުން ބުނެފައި ވަނީ ވަޅި ޖަހައިފައި ވަނީ އާއިލީ މައްސަލައެއްގެ ސަބަބުން ކަމަށް ގާތިލު ބުނެފައިވާ ކަމަށެވެ.
މިސްރުގައި މިފަދަ ހާދިސާތައް ހިނގާ މިންވަރު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.