ޚަބަރު

ޒައިދުގެ ނުސީދާ ފާޑުކިޔުން ނަޝީދަށް: އެމްޑީޕީ ބައިބައިވީ ވެރިކަމަށް ދަހިވެތިވީމަ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އެމްޑީޕީ ބައިބައިވެގެން އުޅެނީ ބައެއް ބޭފުޅުން ކެތްތެރިކަން ކުޑަވެ ވެރިކަމަށް އޮތް ދަހިވެތިކަމެއްގެ ސަބަބުންކަމަށް ވިދާޅުވެ ޝެއިހް އަލީ ޒައިދު، ރައީސް ނަޝީދަށް ނުސީދާކޮށް ފާޑުވިދާޅުވެއްޖެއެވެ. 

Ads by STELCO

ވެރިކަންކުރާ އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުން ބޮޑުވެ ޕާޓީ ދެބައިވެފައިވާކަމަށް އެޕާޓީގެ ޗެއަރ ޕާސަން ހަސަން ލަތީފް ވެސް ވިދާޅުވެފައިވާ މިދަނޑިވަޅުގައި ޕާޓީގެ ބައެއް މެމްބަރުން ދަނީ ސަރުކާރަށް ތާއީދު ކުރައްވަމުންނެވެ، އަނެއް މެމްބަރުން ތާއީދު ކުރައްވަނީ ރައީސް ނަޝީދަށެވެ.

"އެމްޑީޕީ ދެބައިވެގެން އުޅެނީ ބައެއް ބޭފުޅުންގެ ކެތްތެރިކަން ކުޑަވެ ވެރިކަމަށް އޮތް ދަހިވެތިކަމެއްގެ ސަބަބުން. އެމްޑީޕީގެ މި ދަންނަވާ ފެކްޝަންއަށް އެނގި ނުލައްވަނީކަންނޭނގެ ރައްޔިތުން ރައީސުލް ޖުމްހޫރިއްޔާ ހޮވައިފައި ވަނީ 5 އަހަރަށް ކަމެއް." ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ޝެއިހް ޒައިދު އިތުރަށް ވިދާޅުވީ އެ ފެކްޝަނަށް ދުވަހަކު ވެސް ތާއިދު ނުކުރައްވާނެ ކަމަށެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި ސިފަ ކުރުމުގައި ބައިވެރިވުމުގެ އިތުރުން، މުސްލިމަކަށް ކާފަރެއް ކަމުގައި ތުހުމަތު ކުރުމަކީ ވެސް ކުށަކަށް ހަދައި އެކަމަށް ބޮޑެތި އަދަބުތައް ކަނޑައަޅައި، އިސްލާހު އެމްޑީޕީން މަޖިލީހަށް ހުށައެޅުމާ އެކު ޝެއިހް ޒައިދު ވެސް ވަނީ އެކަމަށް ވެސް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފައެވެ. މިގޮތުން ޒައިދު ވަނީ ލާދީނީ ބަސްތަކާއި ލާދީނީ އަމަލުތަކުން ދުރުވުމުން އެހެން ނުކިޔާނެކަމަށް ވިދާޅުވެފައެވެ.

Ads by HDC
  1. ސަލީމް

    ދީނީޢިލްމުވެރިންނޭކިޔާގެތިކުރާކަމަކީދޭތެރެޖެށްސުން..
    ކިތަންމެއަގަތެޅިޔަސް ވެރިކަމެށްނުލިބޭނެ …..