Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިންޑިއާއަށް ބަރޯސާ ވެގެން ރާއްޖެ ތަރައްގީގެ މަތީ ފަންތި އަކަށް ނުގެންދެވޭނެ: އުގެއިލް

އިންޑިއާއަށް ބަރޯސާ ވެގެން ރާއްޖެ ތަރައްގީގެ މަތީ ފަންތި އަކަށް ނުގެންދެވޭނެ: އުގެއިލް

އިންޑިއާއަށް ބަރޯސާ ވެގެން ރާއްޖެ ތަރައްގީގެ މަތީ ފަންތިއަކަށް ނުގެންދެވޭނެ ކަމަށް ރާއްޖޭގެ މަޝްހޫރު ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

ޕްރޮފެސަރ އޮފް ވިޝުއަލް ކޮމްޕިއުޓިންގ އުގެއިލް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާއަކީ ދުނިޔޭގެ އެއްވަނަ ގައުމެއް ނޫން ކަމަށާއި އެ ގައުމުގެ އެހީގައި ރާއްޖެ މަތީ ފަންތިއަށް ގެންދެވޭނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

"ވީއިރު އިންޑިއާއަށް މާބޮޑަށް ބަރޯސާވެގެން ދިވެހިރާއްޖެ ތަރައްގީގެ މަތީ ފަންތިއަކަށް ގެންދެވޭނެ ގޮތެއް ނުވިސްނޭ. ނޫނީ އެކާވީސްވަނަ ގަރުނު ނިމޭއިރު ވެސް އަޅުގަނޑުމެން ބޭނުން ވަނީ ރާއްޖެ ފިނިހަކަ ދުވެލީގެ އޮންނަން ތޯ؟" ޕްރޮފެސަރ އުގެއިލް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

އުގެއިލް އިތުރަށް ވިދާޅުވީ، އެއީ ސިޔާސީ ވާހަކައެއް ނޫން ކަމަށާއި އިލްމީ ވާހަކައެއް ކަމަށެވެ.

ޕްރޮފެސަރ އުގެއިލް މިހެން ވިދާޅުވެފައި މިވަނީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓަށް އަޅަން އިންޑިއާއިން ހުށަހަޅައިފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާގެ ކޮންސިއުލޭޓެއް ރާއްޖޭގައި އަޅައިފިނަމަ، ރާއްޖެ ތަރައްޤީގެ މަތީ ފަންތިއަކަށް ދާނެކަމަށް ލަފާ ކުރެވޭ ކަމަށް ސަރުކާރުގެ ބައެއް އިސް ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ. އަދި، އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓަށް އަޅަން އިންޑިއާއިން ހުށަހަޅައިފައި ވަނީ ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން ކަމަށާއި އެ ހުށަހެޅުމާ ދޭތެރޭގައި ރާއްޖެއިން ވިސްނާނެކަަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް