Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކުދިންގެ ހަށިގަނޑަށް އަންނަ ބަދަލުތައް އެކުދިންނަށް ބުނެދޭން ޖެހޭ: މެޑަމް ފަޒްނާ

ކުދިންގެ ހަށިގަނޑަށް އަންނަ ބަދަލުތައް އެކުދިންނަށް ބުނެދޭން ޖެހޭ: މެޑަމް ފަޒްނާ

ހެދިބޮޑުވަމުން އަންނަ ކުދިންގެ ހަށިގަނޑަށް އަންނަ ބަދަލުތަކާ ގުޅިގެން އެ ކުދިންގެ އުމުރާ ގުޅޭގޮތުން ސައްހަ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދު އިލްތިމާސް ކުރައްވައިފިއެވެ.

މެޑަމް ފަޒްނާ މި ފަދައިން އިލްތިމާސް ކުރެއްވީ "މެންސްޓްރުއަލް ހެލްތު އެޑިޔުކޭޝަން އެންޑް ސަސްޓެއިނަބަލް ޕީރިއަޑް"އާ ގުޅޭ ގޮތުން ރޭ ބޭއްވި ވެބިނާ އެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން “ޕިއުބާޓީ”އާ ބެހޭގޮތުން ކުދިން ހޭލުންތެރި ކުރުވަން ޖެހޭކަން ފާހަގަ ކުރައްވައި މެޑަމް ވިދާޅުވީ، ޕިއުބަޓީއާ ގުޅިގެން ޖިސްމާނީ ގޮތުންނާ ބައޮލޮޖިކަލް ގޮތުން އަންހެން ކުދިންނާ ފިރިހެން ކުދިންގެ ހަށިގަޑަށް އަންނަ ބަދަލުތަކާ ގުޅޭ ސައްހަ މައުލޫމާތު ކުދިންނަށް ފޯރުކޮށްދޭންޖެހޭ ކަމަށެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން މިއީ އުފަންވެނި ސިއްހަތާ ގުޅުން ހުރި ކަމަކަށްވާތީ މިކަމުން ދިމާވެދާނެ ކަންކަމަށް ޓަކައި ކުއްޖާގެ އުމުރާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި އެ ކަމަނާ ވިދާޅުވީ، މެންސްޓްރުއޭޝަންއަކީ އަމިއްލަ ސާފު ތާހިރުކަމާ ތިމާވެށީގެ ސާފުތާހިރުކަމާ ވެސް ގުޅިފައިވާ ކަމަކަށް ވާތީ ޕީރިއަޑް ވުމުން ކަންކުރަންވީ ގޮތް ވެސް ކިޔައި ދޭން ޖެހޭ ކަމަށެވެ.

މިކަމާ ގުޅިގެން ހުރި ގޮންޖެހުންތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން އެ ކަމަނާ ވިދާޅުވީ، ކުއްޖާގެ އުމުރާ އެ މުޖުތަމައެއްގެ މާހައުލާ ގުޅޭގޮތުން ކަންކަން ކުރުމުގައި ދަތިތައް ދިމާވާ ކަމަށާއި، ޕިއުބަޓީގެ ވާހަކަ ދައްކަން ރަނގަޅީ ހެލްތް އެޑިޔުކޭޝަންގެ ތެރެއިން ކަމަށް ތަޖުރިބާކާރުންނާ ހަވާލާދީ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް