Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކައުންސިލުގެ ރައީސްއާ ދެކޮޅަށް ތިނަދޫ ފުރަބަންދު ކުރުމަށް ނިންމައިފި

ކައުންސިލުގެ ރައީސްއާ ދެކޮޅަށް ތިނަދޫ ފުރަބަންދު ކުރުމަށް ނިންމައިފި

ގދ. ތިނަދޫ ކައުންސިލު ރައީސްއާ ދެކޮޅަށް އެ ރަށް ފުރަބަންދު ކުރަން ހުށަހަޅަން ނިންމައިފިއެވެ.

"ދެން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ތިނަދޫގެ ކޮވިޑްގެ ހާލަތު ގޯސްވެ ބަލި ކޮންޓްރޯލް ކުރުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި އެރަށް ފުރަބަންދުކުރަން އެޗްޕީއޭއަށް ހުށަހެޅުމަށް ނިންމީ އެ ރަށު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުންނެވެ.

"ދެން" އެނގިފައިވާ ގޮތުގައި އީއޯސީން މިއަދު ބޭއްވި ބައްދަލުވުމުގައި ތިނަދޫ ފުރަބަންދު ކުރުމަށް ނިންމައިފައި ވަނީ އެ ސެންޓަރުގެ މެމްބަރުންގެ މެދުގައި ނެގުނު ވޯޓަކުންނެވެ. ތިނަދޫ ފުރަބަންދަކަށް ދިޔުމަށް އެ ރަށު ކައުންސިލު ރައީސް ސައުދު އަލީ ފިޔަވައި އެންމެން ވޯޓު ދެއްވިއެވެ.

Advertisement
Allied — Dhen Online (box)

މިކަމާ ގުޅޭގޮތުން "ދެން" އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލު ނައިބު ރައީސް ނަސްރުﷲ އަލީ ވިދާޅުވީ، ކައުންސިލު ރައީސް ފިޔަވައި އެހެން ހުރިހާ މެންބަރުންގެ އަޣުލަބިއްޔަތުން ނިންމީ ތިނަދޫ ފުރަބަންދަކަށް ދިޔުމަށް ކަމަށެވެ.

"މިހާރު ނިންމާފައި އޮތީ ލޮކްޑައުން އަކަށް ދާ ގޮތަށް. އެޗްޕީއޭގެ ހުއްދަ ލިބުމާ އެކު ލޮކްޑައުންއަކަށް ދާނެ" ނަސްރުﷲ ވިދާޅުވިއެވެ.

ކައުންސިލު ނައިބު ރައީސް އިތުރަށް ވިދާޅުވީ ތިނަދޫ ފުރަބަންދަކަށް ދާ ދުވަހެއް ސީދާ ކަނޑަ ނޭޅޭ ކަމަށާއި ރައްޔިތުން ވެސް އެކަމަށް ތައްޔާރު ވާން ވަގުތު ދޭން މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދެކެވުނު ކަމަށެވެ.

ތިނަދޫ ފުރަބަންދު ކުރަން ނިންމުމާ ގުޅޭ ގޮތުން އެ ރަށު ކައުންސިލު ރައީސް ސައުދުގެ ބަހެއް ލިބޭތޯ މަސައްކަތް ކުރުމުން، ފޯނަށް ޖަވާބު ނުދެއްވާތީ އެކަން ވަނީ ކާމިޔާބު ނުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް