މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެއްޗާ އެކު މިސްކިތެއް ކައިރިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްސާއެކު މިސްކިތެއް ކައިރިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ސެލޯފޭން ކޮޅުތަކަކާ އެކު އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު މާލޭ ވިޔަފާރިވެރިންގެ މިސްކިތް ކައިިރިން ރޭގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެއްޗާއެކު މިސްކިތެއް ކައިރިން ރޭގައި މީހަކު ހައްޔަރު ކޮށްފައި މިވަނީ، މިސްކިތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ބައެއް މީހުން ބޭނުން ކުރަމުންދާ ކަމަށް ދާދި ފަހުން ފުލުހުން ވިދާޅުވެފައި ވަނިކޮށެވެ.
އެގޮތުން މިސްކިތްތަކުގައި މަސްތުވެ، އެއްޗެހި ދޮވެ އަދި ނިދުން ފަދަ މިސްކިތް ބޭނުން ކުރުން އެކަށޭނަ ނޫން އެހެން ކަންކަމުގައި މިސްކިތް ބޭނުން ކުރާ ކަމުގެ ޝަކުވާ ތަކުރާރުކޮށް ފުލުހުންނަށް ލިބެމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.