ވިޔަފާރި

ދިރާގު 'އަމިއްލަ ޓީވީ' އެޑްއޮން އެކްޓިވޭޓް ކޮށްލައިގެން ޔޫރޯ 2020 ބަލައިލެވޭނެ!

ރައުފާ ރަޝީދު ، ދެން އޮންލައިން

މިހާރު ކުރިއަށްދާ ޔޫރޯ2020ގެ ފޯރިގަދަ މުބާރާތް ފަސޭހަކަމާއެކު 'ދިރާގު އަމިއްލަ ޕޯސްޕެއިޑް' ކަސްޓަމަރުންނަށް 'އަމިއްލަ ޓީވީ' އެޑްއޮން އެކްޓިވޭޓް ކޮށްލައިގެން ބަލައިލެވޭނެއެވެ.

Ads by MWSC

މި އަހަރު ކުރީކޮޅު ތައާރަފުކުރި މި އާ ޕްލޭންއަކީ ކަސްޓަމަރުންނަށް އެމީހެއްގެ ބޭނުންތަކަށް ހާއްސަކޮށްގެން ވަރަށް ފަސޭހަކަމާ އެކު ކަސްޓަމައިޒް ކޮށްލެވޭނެ ޕްލޭންއެކެވެ.

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ޑޭޓާ އަދިވޮއިސް ބޭނުންވާ ގޮތަކަށް ސެޓްކޮށްލެވޭނެއެވެ. އަދި މީގެ އިތުރުން މުޅިން އަލަށް ތައާރަފުކޮށްފައިވާ "ވެލިއު ޕްކެސް"އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، މި ވެލިއު ޕެކްތަކުން ބޭނުންވާ ޕެކެއް ޚިޔާރު ކުރެވޭނެއެވެ.

ވެލިއު ޕްކްތަކުގެ ތެރޭގައި ޗެޓް، ސޯޝަލް މީޑިއާ، ވޮއިސް، ޑޭޓާ އަދި މުޅިން އާ ސްޓްރީމިންގ އެޑްއޮންސް ދިރާގު ޓީވީ، ދިރާގު ޕްލޭ، ނެޓްފްލިކްސް، އެމޭޒަން ޕްރައިމް، ޔޫޓިއުބް އަދި ޓިކްޓޮކަށް ހިމެނިގެންދާނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ގުޅުއްވާ ކަސްޓަމަރުންނަށް ޚާއްކޮށް އައިޑީޑީ ވެލިއު ޕެކްސް ވެސް ވަނީ ހިމަނައިފައެވެ.

ދިރާގުގެ އެކި އެކި ޚިދުމަތްތަކަށް ގެންނަމުންދާ ބަދަލުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެކެވެ. އަދި ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ދިވެހިންގެ ތެރޭގައި އެންމެ ފަހުގެ އަދި މަގުބޫލު މުނިފޫހިފިލުވުގެ ހަރަކާތްތައް ޑިޖިޓަލް ޒައްރިއްޔާ މެދުވެރިކޮށް ގެނެސްދިނުމަށެވެ.

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑްގެ ޕްރޮމޮޝަނަލް އޮފަރއާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް https://bit.ly/3b5FxnV މި ލިންކް ބޭނުން ކުރައްވާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!