Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރީޖަނަލް އެއަރޕޯޓުގެ އެއްވެސް ހިއްސާއެއް ބޭރުގެ ބަޔަކަށް ވިއްކުމަށް ހުވަފެނުގައި ވެސް ނުދެކެން: ފައްޔާޒް

ރީޖަނަލް އެއަރޕޯޓުގެ އެއްވެސް ހިއްސާއެއް ބޭރުގެ ބަޔަކަށް ވިއްކުމަށް ހުވަފެނުގައި ވެސް ނުދެކެން: ފައްޔާޒް

ރީޖަނަލް އެއަރޕޯޓުގެ އެއްވެސް ހިއްސާއެއް ބޭރުގެ އެއްވެސް ބަޔަކަށް ވިއްކުމަށް ވިސްނުމެއް ހުވަފެނުގައި ވެސް ނުދެކޭ ކަމަށް އެކޮނިމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެފަދަ ނިންމުމެއް ނިންމަން ހުވަފެނުގައި ވެސް ނުދެކޭ ކަމަށާއި، އެހެންނަމަވެސް ދިވެހިންނަށް އެއަރޕޯޓުގެ ހިއްސާ ވިއްކުމަކީ ދެކޭ ހުވަފެނެއް ކަމަށެވެ.

ބޭރުގެ އިންވެސްޓްމެންޓުތަކަށް ރާއްޖޭގެ އެއަރޕޯޓު ހިންގޭ ގޮތަށް ސަރުކާރުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއަށް އިއްޔެ ވަނީ އިސްލާހު ގެނެސްފައެވެ.

Advertisement
Ooredoo — Truecaller (box)

މި އިސްލާހާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ވަނީ ރާއްޖޭގެ މިނިވަން ކަމަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ އިއްޔެ ގެނެވުނު އިސްލާހަކީ ރާއްޖޭގެ މިނިވަންކަމާއި އަމާންކަން ދެމެހެއްޓުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އެ އިސްލާހު ކުރިން އޮތް ގޮތަށް އަނބުރާ ގެންދިއުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ.

އެގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު އިންޑިއާއަށް ދިނުމަކީ މިކަންކަމުގެ ފެށުން ކަމަށާއި، އޭގެ ސަބަބުން މިނިވަންކަމަށް އަސަރު ކުރާ ކަމެއް ކަމުގައި ހުސައިން ވިދާޅުވިއެވެ.

މީގެ އިތުރުން އެއާޕޯޓް ހިންގަން ބޭރު ބަޔަކަށް ދީފިނަމަ އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް އެތައް ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވެސް ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް