ކުޅިވަރު

ރޮނާލްޑޯ ކޯކަށް ބުނީ ނޫނެކޭ!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ޔޫރޯގެ ޕްރީ މެޗު ޕްރެސްގައި ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކޯކު ފުޅިތަކެއް ނަގައި އެއްފަރާތް ކުރުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ލިބިއްޖެއެވެ.

Ads by Sosun Fihaara

ޕްރީ މެޗު ޕްރެސްގައި ކެމެރާތަކަށް އިޝްތިހާރު ކުރަން ބަހައްޓައިފައި ހުރި ދެ ކޯކުފުޅި ދުރަށް ޖައްސައި ފެންފުޅިއެއް ކައިރިކޮށް، ފެން ބުއިމަށް ރޮނާލްޑޯގެ ފޭނުންގެ ކިބައިން ވަނީ އެދިފައެވެ.

މީގެ ކުރިން ވެސް ކޯކު ފަދަ ސޮޕްޓް ޑްރިންކްސްތަކާ ދެކޮޅު ކަމަށް ގިނަ ފަހަރުގެ މަތިން ބުނެފައިވާ ރޮނާލްޑޯ މިގޮތަށް ކަންތައް ކުރުމުން، ބައެއްގެ ފާޑު ކިޔުން ރޮނާލްޑޯއަށް ވަނީ އަމާޒުވެފައެވެ. މިގޮތުން ޔޯރޯއަށް ކޮކާ ކޯލާއިން ބޮޑު ޚަރަދެއް ކުރާއިރު، މިގޮތަށް ޕްރަޑަކްޓް ޑީމޯޓް ނުކުރެވޭނެ ކަަމަށް ބައެއް ފަރާތްތަކުން ބުނެއެވެ

މީގެ ކުރިން ރޮނާލްޑޯ ދިން އިންޓަރވިއުއެއްގައި ވެސް ފްރެންޗައިން ކައި އަދި ކޯކު ބޮއެ އުޅޭ މީހުންނަށް ފިޓްކޮށް ނުތިބެވޭނެ ކަަމަށް ބުނެފައިވެއެވެ. މިގޮތުން އޭނާގެ ދަރިފުޅު ކޯކް ބޮއެ ފްރެންޗައިސް ރެސްޓޯރެންޓަކުން ފާސްޓް ފުޑް ކާ ކަމަށް ބުނެ ރޮނާލްޑޯ ވަނީ އޭނާގެ ދަރިފުޅު އެފަދަ ކަންކަން ކުރަން އޭނާ ގަޔާ ނުވާ ކަމަށް ބުނެފައެވެ. އަދި ރޮނާލްޑޯ ބޭނުންވަނީ އޭނާގެ ދަރިފުޅު ވެސް އޭނާ ފަދަ މޮޅު ކުޅުންތެރިއަކަށްވާން ކަމަށާއި ސޮޕްޓް ޑްރިންކް ބޭނުން ކުރާނަމަ އެކަން ކުރުމަށް ހުރަހަކަށް ވެގެން ގޮސްފާނެ ކަމަށް އޭރު ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ފުޓްބޯޅަ ކުޅެގެން މަޝްހޫރުވިއިރު ކުރީކޮޅު، އޭނާ ވަނީ ކޮކާ ކޯލާ ފަދަ ސްޕްޓް ޑްރިންކް އުފައްދާ ކުންފުނިތަކުގެ އިޝްތިހާރުތައް ކުޅެފައެވެ. އެހެން ނަމަވެސް ފަހުން އޭނާ ވަނީ އެފަދަ އިޝްތިހާރު ކުޅުން ހުއްޓައިލައިފައެވެ.

މިރޭ ރާއްޖޭ ގަޑިން 9 ޖަހާއިރު، ހަންގޭރިއާއާ ދެކޮޅަށް ރޮނާލްޑޯގެ ޕޯޗްގަލް ނިކުންނާނެއެވެ. މިރޭގެ މެޗާ އެކު، ޔޫރޯގެ ފަސް މުބާރާތެއްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔަކަށް ރޮނާލްޑޯ ވެގެންދާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!