Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަން ބޮޑުތަނުން ދަށަށް

ރާއްޖޭގެ ފަތުރުވެރިކަން ބޮޑުތަނުން ދަށަށް

ރާއްޖޭގެ ފަތުރުވެރިކަން ބޮޑުތަނުން ދަށަށް ގޮސްފިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މި މަހު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ އެވެރެޖަކީ ދުވާލަކު 1،801 މީހުން ކަމުގައި ހިސާބުތަކުން ވަނީ ދައްކައިފައެވެ. މިހިނގާ ޖޫން މަހުގެ 14 ވަނަ ދުވަހާ ހަމައަށް 25،214 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައި ވާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ 479،597 ފަތުރުވެރިންނެވެ.

މި އަހަރުގެ މިހާތަނަށް ފަތުރުވެރިކަން އެންމެ ދަށަށް ގޮސްފައި ވަނީ މިދިޔަ މެއި މަހު ގައެވެ. އެ މަހުގައި އެވެރެޖްކޮށް ރާއްޖެ އައީ ދުވާލަކު 2،084 ފަތުރުވެރިންނެވެ.

Advertisement
Ooredoo — Square (box)

މި އަހަރުގެ ތެރޭ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މާޗު މަހުގައެވެ. އެ މަހުގައި ދުވާލެއްގެ މައްޗަށް އެވެރެޖްކޮށް 3،535 ފަތުރުވެރިން ރާއްޖެ އައެވެ. އަދި މުޅިއަކު 109،585 ފަތުރުވެރިން މާޗް މަހު ރާއްޖެއަށް ޒިޔާރަތްކުރިއެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ރަޝިޔާ އިންނެވެ. ދެން އެންމެ ގިނައީ އިންޑިއާއިންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް