Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހިސާންގެ ބިލް ދިރާސާކުރަން ލިބިފައިވާ ވަގުތު ވަރަށް ކުޑަ: މިނިސްޓަރު

ހިސާންގެ ބިލް ދިރާސާކުރަން ލިބިފައިވާ ވަގުތު ވަރަށް ކުޑަ: މިނިސްޓަރު

މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހެދުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލް ދިރާސާ ކުރަން ލިބިފައިވާ ވަގުތު ވަރަށް ކުޑަ ކަމަށް އިސްލާމިކް މިިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ހިސާން ހުށަހެޅުއްވި ބިލް ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީން އިސްލާމިކް މިނިސްޓްރީގެ ހިޔާލު ހޯދަން އިއްޔެ ވަނީ ސިޓީއެއް ފޮނުވައިފައެވެ. އަދި  އަންނަ ހޯމަ ދުވަހުގެ ކުރިން މިނިސްޓްރީގެ ހިޔާލު ފޮނުވައިދިނުމަށް ވެސް އެ ސިޓީގައި ވަނީ އެެދިފައެވެ.

މިނިސްޓަރު ވިދާޅުވީ، މިނިސްޓްރީގައި ތިއްބެވި ވަޒީރުންނާއި ފަތުވާ މަޖިލީހުގެ ބައިވެރިންގެ އިތުރުން ބައެއް އިލްމުވެރިންނާ މަޝްވަރާ ކުރައްވާ ޚިޔާލު ހުށަހަޅުއްވާނެ ކަމަށެވެ.

Advertisement
Allied — Dhen Online (box)

މިނިސްޓަރު ޒާހިރު އިތުރަށް ވިދާޅުވީ މި ބިލް ދިރާސާ ކުރުމަށް ލިބިފައިވާ ވަގުތު ކުޑަ ވުމުގެ ސަބަބުން ގިނަ އިލްމުވެރިންނާ މަޝްވަރާ ނުކުރެވިދާނެ ކަމަށާއި، އެހެން ނަމަވެސް އަދާލަތު ޕާޓިގެ އިލްމުވެރިންނާއި މިވަގުތު މަޝްވަރާ ކޮށްލެވެން ތިބި އިލްމުވެރިންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މި ބިލާ ބެހޭގޮތުން ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންގެ ފާޑު ވިދާޅުވުންތައް އެ މިނިސްޓްރީއަށް ލިބެމުން ދިޔަ ނަމަވެސް އިއްޔެއާ ހަމައަށް ދީނީ އެއްވެސް އިލްމުވެރިއެއްގެ ސިޓީއެއް ވެސް އެ މިނިސްޓްރީއަށް ނުލިބޭ ކަމުގައި މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އެހެން ނަމަވެސް މީސްމީޑިއާގެ އެކި މަންސަ ތަކުގައި ދީނީ އިލްމުވެރިންގެ ފާޑު ވިދާޅުވުންތައް ފެނިވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް