Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ލުއި ޚަބަރު

ކޮވިޑް-19ގެ ބަލި އެނދުގައި އަހަރެއް: އަމިއްލައަށް އެދިގެން ވެންޓިލޭޓަރުން ނެގުމުން ވީ މަރު!

ކޮވިޑް-19ގެ ބަލި އެނދުގައި އަހަރެއް: އަމިއްލައަށް އެދިގެން ވެންޓިލޭޓަރުން ނެގުމުން ވީ މަރު!

ކޮވިޑް-19އަށް އެންމެ ގިނަ ދުވަސް ވަންދެން ފަރުވާ ހޯދި އިނގިރޭސިވިލާތުގެ ޖޭސަން ކެލްކް (49އ.) މަރުވެއްޖެއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ޖޭސަން އަށް ވަނީ އެއް އަހަރު ދުވަސް ވަންދެން މި ބައްޔަށް ހޮސްޕިޓަލުގައި ފަރުވާ ހޯދައިފައެވެ. އޭނާ މަރުވީ އަމިއްލައަށް އެދިގެން ވެންޓިލޭޓަރުން ނައްޓައިލިތާ 90 މިނެޓު ފަހުންނެވެ.

ޖޭސަންގެ އަންހެނުން ސޫ ކެލްކް ސްކައި ނިއުސްއަށް މައުލޫމާތު ދެމުން ބުނީ، ޖޭސަން މި ބައްޔަށް ފައްސި ވީ މިދިޔަ އަހަރުގެ މާރޗް މަހު ކަމަށެވެ. އެއަށް ފަހު އޭނާ ގެންދިޔައީ އެސްޓީ ޖޭމްސް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ހޯދަމުން ކަމަށާއި ދާދި ފަހުން އޭނާ ދިޔައީ މަރުވާން ބޭނުން ކަމަށް ބުނެ އާދޭސް ކުރަމުން ކަމަށާއި އެހެންކަމުން ވެންޓިލޭޓަރުން ނައްޓައިލަން ޖެހުނީ ކަމަށް ވެސް އޭނާގެ އަންހެނުން ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

"ވަރަށް ގިނައިން އާދޭސްކުރި މަރުވާން ބޭނުންވާ ކަމަށް. އެ ވަރުން ވެސް އަހަރުމެން އެ ނުނައްޓަން. އެކަމަކު ވެންޓިލޭޓަރުން ނައްޓައިލަ ދޭން ކިޔާވަރުން އިއްޔެ ނައްޓައިލީ. އެ ނެއްޓިތާ 90 މިނެޓު ފަހުން ޖޭސަން މަރުވެއްޖެ" ސޫ ކިޔައިދީފައިވެއެވެ.

ޖޭސަން މަރުވި އިރު އޭނާ ކައިރީގައި ހުރީ ސޫއާއި އޭނަގެ މައިންބަފައިން ތިބި ކަމުގައި ވެސް ސޫ ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް