ދުނިޔެ

13 އަހަރު އެކުގައި އުޅުނު ބައިޑަންގެ ކުއްތާ "ޗެންޕް" މަރުވެއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެމެރިކާގެ ރައީސް ޖޯ ބައިޑަން އަދި ފަސްޓް ލޭޑީ ޖިލް ބައިޑެން ގެންގުޅެމުން އައި އާއިލީ ކުއްތާ، ޗެޕް މަރުވެއްޖެއެވެ.

Ads by WAMCO

އެމެރިކާގެ ރިޔާސީ ގަނޑުވަރު, ވައިޓު ހައުސުގައި ބައިޑަންގެ ޢާއިލާއިން ދެ ކުއްތާއެއް ގެންގުޅުނެވެ. އެއީ 2008 ވަނަ އަހަރު ބައިޑަން ހޯއްދެވި ޖާމަން ޝެޕާޑެއްކަމަށްވާ ޗެންޕާއި 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ހޯއްދެވި މޭޖާ ނަމަކަށް ކިޔާ ޖާމަން ޝެޕާޑެކެވެ.

13 އަހަރު އެއާއިލާއާ އެކުގައި އުޅުމަށް ފަހު ޗެންޕް މަރުވެފައިވާކަން ބައިޑަންގެ އާއިލާއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ވިދާޅުވެފައެވެ. އެ ބަޔާނުގައި ބައިޑަންގެ އާއިލާއިން ވިދާޅުވީ ޗެންޕަކީ އާއިލާގެ ބައެއް ކަމަށާއި ޗެންޕް ވަކި ވުމުން އެކަމުގެ ފަޅުކަން އިހްސާސް ކުރެވޭ ކަމަށެވެ. އަދި ޗެންޕް މަތިން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށް އެ ބަޔާނުގައިވެއެވެ.

"އަހަރެމެންގެ އުފަލާ ހިތާމައިގައި ވެސް އެންމެ ކައިރީގައި ހުރީ ޗެންޕް. ޗެންޕްގެ މަތިން ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ" އެ ބަޔާނުގައިވެއެވެ.

ޗެންޕް މަރުވެފައިވާއިރު، މީގެ ދެތިން މަސް ކުރިން ވައިޓް ހައުސްގެ ސްޓާފަކަށް ހަމަލާދީގެން ކުއްތާ މޭޖަރ ވަނީ ޓްރެނިންގް ހަދަން ފޮނުވައިލައިފައެވެ.

އެމެރިކާގެ ކުރީ ރައީސް ޑޮނާލްޑް ޓްރަންޕް ވައިޓް ހައުސްގައި އެއްވެސް ޖަނަވާރެއް ގެންގުޅެފައެއް ނުވެއެވެ. ޓްރަންޕް ވެގެން ގޮސްފައި ވަނީ 1860 ވަނަ އަަހަރުން ފެށިގެން އެމެރިކާގައި އެއްވެސް ޖަނަވާރެއް ނުގެންގުޅުނު ފުރަތަމަ ވެރިއަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!