Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ނުވަ ބޭފުޅަކު ކުރިމަތިލައްވައިފި!

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ނުވަ ބޭފުޅަކު ކުރިމަތިލައްވައިފި!
ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ނުވަ ބޭފުޅަކު ކުރިމަތި ލައްވައިފިއެވެ. އެ ކޯޓުގެ ގާޒީކަމަށް ކުރިމަތި ލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭސީސީ) އިން ހުޅުވައިލައިފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހުއެވެ. އަދި މުއްދަތު ހަމަވިއިރު ޖުމުލަ ނުވަ ބޭފުޅަކު ކުރިމަތި ލައްވައިފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތި ލެއްވި ނުވަ ބޭފުޅުން ތެރޭގައި ހިމެނެނީ؛
  • އާދަމް އަރީފް - ދެރަހަ،/ ހއ.ކެލާ
  • ރަފީއުއްދީން އަހުމަދު - ސްނޯޑައުން/ ސ. ހިތަދޫ
  • އަލީ ނަދީމް - ފްރީޕާކް/ އދ. މާމިގިލި
  • އިބްރާހިމް އިހްސާން - އެށެވެލި/ ސ. މަރަދޫ
  • އަހުމަދު ތައުފީގު - ޑޭޒީމާގެ/ ހއ. ދިއްދޫ
  • އާއިމިނަތު އަޒްލިފާ - ގުލާބީގެ/ ރ. ރަސްގެތީމު
  • އިސްމާއީލް ޝަފީއު - މ. ތްރީސިސްޓާސް/ ކ. މާލެ
  • ސުލައިމާން މުހައްމަދު - ނޫރާނީގެ/ ޅ. ކުރެންދޫ
  • މުހައްމަދު ސަމީރު - ހިތްވަރު/ ރ. އިނގުރައިދޫ
ޖޭސީސީން ވިދާޅުވީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލެއްވި މި ނުވަ ބޭފެޅުންގެ ތެރެއިން އެ ކޯޓުގެ ގާޒީ ކަމަށް ދެ ބޭފުޅަކު ހަމަޖައްސަވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް