Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރާއްޖޭގައި ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުން އިންޑިއާއިން ގެނެސްފި

ރާއްޖޭގައި ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުން އިންޑިއާއިން ގެނެސްފި

އިންޑިއާއިން ރާއްޖެއަށް ފޮނުވާ ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުންގެ ފުރަތަމަ ބެޗު މިހާރު އައިސްފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން މިއަދު ރިޕޯޓްކޮށްފި އެވެ.

ބޭރުގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ" ގައި ބުނެފައިވާ ގޮތުގައި މި ޓީޗަރުން ފޮނުވައިފައި ވަނީ ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީން ބޭނުންވެގެން ކަމަށާއި ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލަކަށް ނަރުހުން ހޯދުމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ.އަދި ހެލްތު މިނިސްޓްރީން ބޭނުންވެގެން ހޮސްޕިޓަލުތަކާއި ހެލްތު ސެންޓަރުތަކަށް ބޭނުންވާ 400 ސިއްހީ ހިދުމަތްތެރިން ވެސް ހޯދަމުން އަންނަ ކަމަށް އެ ނޫހުގައި ރިޕޯޓު ކޮށްފައި ވެއެވެ.

މީގެ އިތުރުން، ހެލްތު މިނިސްޓްރީން ބޭނުން ވަނީ 100 މެޑިކަލް އޮފިސަރުންނާއި 150 ރެޖިސްޑާޓް ނަރުހުންނާއި 100 ސްޕެޝަލިސްޓް ޑޮކްޓަރުން ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ.

Advertisement
Allied — Dhen Online (box)

މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެން ދިޔަ ކަމަށާއި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް މަސައްކަތް ކުރައްވަމުންދާކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް