Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޮއްކޯފުޅު އަވަހާރަވުމާ ގުޅިގެން ރައީސް ޞާލިޙް ދުބާއީއަށް ވަޑައިގެންފި

ކޮއްކޯފުޅު އަވަހާރަވުމާ ގުޅިގެން ރައީސް ޞާލިޙް ދުބާއީއަށް ވަޑައިގެންފި

ރައީސުލްޖުލްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު، ހާފިޒު އަހުމަދު މުޙައްމަދު ޞާލިޙު ރޭ ދަންވަރު އަވަހާރަވުމާ ގުޅިގެން، އަމިއްލަފުޅު ދަތުރެއްގައި ރައީސް ޞާލިޙު ދުބާއީއަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ރައީސް ޞާލިޙް ދެން ރާއްޖެ އެނބުރި ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހުއެވެ.

އެނގިފައިވާ ގޮތުގައި ރައީސް ޞާލިޙްގެ ކޮއްކޯފުޅު އަވަހާރަވީ ދުބާއީގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ހާފިޒު އަހުމަދު އަވަހާރަވީ ހޮސްޕިޓަލުން އިއްޔެ ދޫކޮށްލި ފަހުން ހާޓް އެޓޭކެއް ޖެހިގެން ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އަވަހާރަވީ އިރު އުމުރުފުޅުން 55 އަހަރު ކަމަށް ވެސް އެނގިފައިވެއެވެ. އެމަނިކުފާނު ވަރަށް ފަހުން ކައިވެނި ބައްލަވައިގެން އަނތްބަކު ދުނިޔޭގައި އިންނެވި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

Advertisement
Allied Insurance — Square (box)

ރައީސް ޞާލިޙުގެ އާއިލާގައި 12 ބޭފުޅުން ތިއްބަވާއިރު، ހަތަރު ބޭފުޅުންނަކީ ލޯފަން ބޭފުޅުންނެވެ. އޭގެ ތެރޭގައި ރޭ އަވަހަރާވި އަހުމަދު ވެސް ހިމެނެއެވެ. ރައީސް ޞާލިޙުގެ އެ ހަތަރު ކޮއްކޯފުޅުންގެ ތެރެއިން އަހުމަދު ފިޔަވާ ދެން ތިބި ތިން ބޭފުޅުންނަކީ ހާފިޒުންނެވެ. އަހުމަދު އަވަހާރަވީ ހާފިޒަކަށް ވެވަޑައިގަތުމަށް ކީރިތި ޤުރްއާން ހިތުދަސް ކުރައްވަމުން ގެންދަވަނިކޮށެވެ. އެހެންކަމުން އެމަނިކުފާނަށް ވެސް ހާފިޒުގެ ނަމުން މުހާތަބު ކުރެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް