ދުނިޔެ

މިސްރުގެ ޓިކްޓޮކް ކުޅޭ ދެ ތަރިއަކަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޤާނޫނާއި ޤަވާއިދާ ޚިލާފުވި މިސްރުގެ ޓިކްޓޮކް ކުޅޭ ދެ މީހަކަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް ގާހިރާގެ ކްރިމިނަލް ކޯޓަކުން އިއްވައިފިއެވެ.

Ads by WAMCO

ރިޕޯޓުތަކުން ބުނާ ގޮތުގައި އެ މީހުންނަށް އެ ހުކުމް އިއްވީ ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައާއި އިތުރު ބައެއް ދައުވާތަކެއްގެ މައްޗަށެވެ. ޖަލަށް ލައިފައި ވަނީ މަވާދާ އަލް އަދަމް ނަމަކަށް ކިޔައި އުމުރުން 23 އަހަރުގެ އަންހެނަކާ ހަނީން ހުސަމް ނަމަކަށް ކިޔައި އުމުރުން 20 އަހަރުގެ އަންހެނެކެވެ.

މި ދެ މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި އަމިއްލަ ފައިދާއަށް އެކްޓުތަކުގައި އެހެން އަންހެން ކުދިން ބޭނުން ކުރުން ހިމެނެއެވެ. މި ކުށުގެ އަދަބެއްގެ ގޮތުގައި 10 އަހަރު ދުވަހުގެ ޖަލު ހުކުމެއްގެ އިތުރުން އެ ދެ މީހުން ވެސް 200،000 މިސްރުގެ ޕައުންޑް ދައުލަތަށް ދެއްކުމަށް ވެސް ވަނީ އަމުރު ކޮށްފައެވެ.

ދައުލަތުން ބުނެފައި ވަނީ މަވާދާއާއި ހަނީން ވެސް ފައިސާގެ ދަޅަ ދައްކައިގެން މުޖުތަމައު ހަލާކު ކުރާ ކަމަަށެވެ. މި ދެ ތަރިންނަށް މިއަދު 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވާ އިރު، މި އަހަރުގެ ޖެނުއަރީ މަހު ވެސް އެ މީހުންނާ ބެހޭ ގޮތުން ވަނީ މައްސަލަތަކެއް ފެންމަތިވެފައެވެ. އެގޮތުން އާއިލީ ގުޅުމަށް ބުރޫއަރާނެ ފަދަ ކޮންޓެންޓެއް ޓިކްޓޮކްގައި ދައްކައިފައިވާ ކަމަށް ބުނެ އެ އިރު ވެސް ވަނީ މައްސަލަތަކެއް ޖެހިފައެވެ.

ޓިކްޓޮކްގައި މަވާދާގެ 3 މިލިއަން ފޮލޯވަރުން ތިބި އިރު ހަނީންގެ ތިބީ އެއް މިލިއަން ފޮލޯވަރުންނެވެ.

Ads by HDC
  1. ބަރާބަރު