Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މަރައިލައިފައި އޮތް ކުއްޖާގެ މައްސަލައާ ގުޅިގެން މަޖިލީހުގެ ކޮމިޓީން ކުއްލި ބައްދަލުވުމެއް 

މަރައިލައިފައި އޮތް ކުއްޖާގެ މައްސަލައާ ގުޅިގެން މަޖިލީހުގެ ކޮމިޓީން ކުއްލި ބައްދަލުވުމެއް 

ރަހީނު ކުރުމަށް ފަހު މަރައިލައި އެއްލައިލައިފައި އޮތް 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖާ މަރައިލި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ކުއްލި ބައްދަލުވުމެއް ތާވަލުކޮށްފިއެވެ.

މިއަދު މެންދުނު 12 ޖެހިއިރަށް ތާވަލު ކުރި މި ބައްދަލުވުމުގެ އެޖެންޑާގައި ވަނީ އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނު ކުރުމަށް ފަހު މަރައލައިފައިވާ ކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާކުރުމެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަޔަކު 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް މިދިޔަ އާދީއްތަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި އެ ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ މަރައިލައިފައި އޮއްވައި ރޭ 2:38 ހާއިރު ފެނިފައިވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އެ މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ވަނީ ރޭ ވަނީ ހައްޔަރުކޮށްފައެވެ

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް