Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރާއްޖެއިން ބޭރު ޔޮޓެއް ހާލުގައި ޖެހި މާލޭ ބަނދަރަށް ގާތް ކޮށްފި!

ރާއްޖެއިން ބޭރު ޔޮޓެއް ހާލުގައި ޖެހި މާލޭ ބަނދަރަށް ގާތް ކޮށްފި!

ރާއްޖެއިން ބޭރުގެ ޔޮޓެއް ހާލުގައި ޖެހި މާލޭގެ ބަނދަރަށް ގާތް ކުރުމުން، އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފުލުހުންނާ ސިފައިން ހަރަކާތްތެރި ވާން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމްއެންޑީއެފުން ފުލުހުންނަށް މައްސަލަ އެންގުމާ ހިސާބުން ފެށިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ. އަދި ސިފައިން ފުލުހުންނަށް އެ މައްސަލަ އެންގީ ހަވީރު 5:00ގައި ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، ރާއްޖޭގެ ލޯކަލް އޭޖަންޓެއް މެދުވެރިކޮށް މިކަން މިހާރު ބަލަމުންދާ ކަމަށާއި، ކޯސްޓްގާޑުގެ ބެލުމުގެ ދަށުން އެ ޔޮޓު ހުޅުމާލެއަށް ގެންދިޔުމުގެ މަސައްކަތް މިހާރު ކުރެވޭ ކަމަށެވެ.

Advertisement
Allied Insurance — Square (box)

މި ޔޮޓު ގާތްކޮށްފައި ވަނީި ޕޯސްޓްއޮފީހާ ވީ ދިމާލަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް