ލައިފްސްޓައިލް

ކަދުރާ ބެހޭގޮތުން ގިނަ ބަޔަކަށް ނޭނގޭ އެތައް މައުލޫމާތެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކަދުރަކީ ރާއްޖޭގައި ހައްދާ މޭވާއަކަށް ނުވި ނަމަވެސް ދިވެހިންނަށް ފަސޭހައިން ލިބޭ މޭވާއެކެވެ. ޚާއްސަކޮށް ރަމަޟާން މަހުގައި ރޯދަ ވީއްލުމަށް ތައްޔާރުކޮށްފައިވާ ސުފުރާ މަތިން ކަދުރު ފެނެއެވެ.

Ads by Hajj Corporation

ކަދުރުން ހީނުކުރާހާ ގިނަ ފައިދާތަކެއް ހަށިގަނޑަށް ލިބެއެވެ.

ކަދުރަކީ، މީގެ އެތަކެއް ހާސް އަހަރު ކުރިން ފެށިގެން ކެއުމުގައި ބޭނުން ކުރަމުން އަންނަ މޭވާއެކެވެ. ކަދުރު ކެއުމުން ހަށިގަނޑުގައި ކޮލެސްޓްރޯލް ހުންނަ މިންވަރު ދަށްކޮށްދީ ނުވަތަ އެއްވަރެއްގައި ހިފެހެއްޓުމަށް އެހީ ވެދެއެވެ. ކޮންމެ ދުވަހަކު ކަދުރު ކެއުމަކީ، ބަރުދަން ވެސް ލުއިކޮށްދޭ ކަމެކެވެ. މީގެ އިތުރުން ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް ވެސް ކަދުރަކީ ކެއުން މުހިންމު މޭވާއެކެވެ. ރަހަ ވެސް އެހާމެ މީރު މޭވާއެކެވެ.

ކަދުރު ކެއުމަކީ ކަށިތައް ވަރުގަދަ ކޮށްދޭ ކަމެއްކަން ނޭނގޭ މީހުން ވަރަށް ގިނައެވެ. އޭގައި ގިނަ އަދަދެއްގެ ޕްރޮޓީންސް، އަދި އެކި ބާވަތުގެ ވިޓަމިން އެކުލެވިގެންވެއެވެ. ކަށިތައް ވަރުގަދަކޮށްދެނީ ކަދުރުގައި އެކުލެވިގެންވާ މެގްނީޒިއަމް، ކޮޕަރ، އަދި ސެލީނިއަމް ފަދަ މާއްދާތަކުގެ ސަބަބުންނެވެ. އެންމެ ކަދުރެއްގައި 2.8 މިލިގްރާމްގެ މެގްނީޒިއަމް ހުންނައިރު، 5 ގްރާމްގެ ކާބޯހައިޑްރޭޓްސް ކަދުރެއްގައި އެކުލެވިގެންވެއެވެ.

ހަށިގަނޑަށް ވަރު ޖެއްސުމަށް ވެސް ކަދުރު ފުދެއެވެ. ރަމަޟާން މަހު ރޯދަ ވީއްލުމަށް ވެސް ކަދުރު ބޭނުން ކުރަނީ އޭގެން ލިބޭ ފައިދާއާއި ރަހައިގެ ސަބަބުންނެވެ. އެއަށް ވުރެ ބޮޑަށް ކަދުރުން ރޯދަ ވީއްލުމަކީ ސުންނަތްކަން ގަދަވެގެންވާ ކަމަކަށް ވާތީއެވެ.

"އަޔަން" ނުވަތަ "ދަގަނޑު" މި މާއްދާއަކީ ހަށިގަނޑަށް ވަރަށް މުހިންމު މާއްދާއެކެވެ. ކަދުރަކީ ގިނަ އަދަދަކަަށް އަޔަން އެކުލެވިގެންވާ މާއްދާއެކެވެ. ދަގަނޑަކީ ހަށިގަނޑުގެ ލޭ ސާފުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާ ކުރާ މާއްދާއެކެވެ.

ޒުވާންކަންމަތީ ދެމިހުރުމަށް ޓަކައި، ގައިގެ ހަންގަނޑު ރީތިކޮށް ބެހެއްޓުމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމެކެވެ. ކަދުރުގައި އެކުލެވޭ ވިޓަމިން ސީ އަދި ޑީގެ ސަބަބުން ގައިގެ ހަންގަނޑު އޮމާންކޮށްދެއެވެ.

Ads by Ooredoo
  1. ރަށުމީހާ

    ތިހެންވިއްޔާދެންމުލިންވެސް ކާންވީކަދުރުތަ.