ދުނިޔެ

ފައިޒާ އަދި މޮޑާނާ ވެކްސިން ޖަހާ މީހުންނަށް ، އާންމުކޮށް ނުފެންނަ ބައްޔެއް ޖެހެނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ފައިޒާ/ބައޯއެންޓެކްއާއި މޮޑާނާއިން އުފައްދައިފައިވާ ކޮވިޑް-19ގެ ދިފާޢީ ވެކްސިން ޖަހާ މީހުންނަށް ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތުގެ ހިތުގެ އިންފްލެމޭޝަން މައްސަލައެއް ފެންމަތިވެފައިވާ ކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެފްޑީއޭ)އިން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

އެފްޑީއޭއިން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ގިނަ ގައުމުތަކެއްގައި މިހާރުވެސް ޖަހަމުންދާ ފައިޒާ އަދި މޮޑާނާ ވެކްސިން ޖަހާ މީހުންނަށް މި މައްސަލަ ފެންމަތިވެފައިވާ ކަމަށެވެ.

އެފްޑީއޭއިން އާއްމުކޮށްފައިވާ ގޮތުގައި ވެކްސިން ފުރިހަމަ ކުރި ޒުވާނުންގެ ތެރެއިންނާއި ހަރު އުމުރުގެ މީހުންނަށް ވެސް މިބަލި ޖެހިފައިވެއެވެ. އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ވެކްސިން ޖަހާ މީހުންނަށް މަޔޯކާޑިޓިސް އަދި ޕެރިކާޑިޓިސް ބަލި ޖެހޭކަން ފާހަގަވެއެވެ. މަޔޯކާޑިޓިސްއަކީ ހިތުގެ މަސްގަނޑުގެ ވަރު ދެރަކޮށްލާ ބައްޔެކެވެ. އަދި ޕެރިކާޑިޓިސްއަކީ ހިތުގެ ވަށައިގެން އިންނަ ފަށަލައިގެ ވަރު ދެރަކޮށްލާ ބައްޔެކެވެ.

އިންފްލެމޭޝަންއަކީ ހަލާކުވެފައިވާ ސެލްތަކުން ދޫކުރާ ކެމިކަލް އެލާމް ސިގްނަލްތަކެއްގެ ސަބަބުން އެ ހިސާބަކަށް އިމިއުން ސެލްތައް ޖަމާވުމުން ދިމާވާ މައްސަލަތަކެވެ. މިގޮތަށް ދިމާވުމުން ކުދި ލޭނާރުތައް ފުޅާވެ، އެތަނަށް ވައިޓް ބްލަޑް ސެލް، ނިއުޓްރިއަންސް ޖަމާވެއެވެ. އަދި އެ ގުނަވަނުން ކުރަން ޖެހޭ ދައުރު އަދާ ކުރުމަށް ދަތިތަކާ ކުރިމަތި ކުރުވައެވެ.

އެމެރިކާގައި ހުންނަ ސެންޓަރ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ އެޑްވައިސަރީ ގްރޫޕުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނާ ގޮތުގައި މިކަމާ ގުޅިގެން ގިނަ ވޭދަނަތަކެއް ރިޕޯޓުކޮށްފައި ވެއެވެ. އަދި އާންމުކޮށް މި މައްސަލަ ފާހަގަ ކުރެވެނީ ޒުވާން އުމުރުފުރައިގެ ކުދިންނަށް ކަމަށް ވެސް ސީޑީސީން ބުނެއެވެ. މީގެ އިތުރުން ޑޮކްޓަރުންނާއި ހޮސްޕިޓަލުތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ ސީޑީސީން ވަނީ ބުނެފައެވެ.

ވެކްސިން ޖެހުމަށް ފަހު ހިތުގެ ބާރު ދެރަވާ މައްސަލަ ފެންމަތިވެފައިވާއިރު މިކަމާ ގުޅިގެން ފައިޒާ އަދި މޮޑާނާ ވެކްސިން އުފައްދާ ކުންފުނިން ބުނީ އެފަދަ މައްސަލައެއް ދިމާވެގެން އުޅޭ ކަމެއް އެނގިފައި ނުވާ ކަމަަށެވެ. އަދި މިހައިތަނަށް ވެކްސިން ޖެހި މީހުންގެ ހާލު ގޯސްކަމުގެ ރިޕޯޓެއް ވެސް ލިބިފައި ނުވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!