ހޯރަފުށި މާރާމާރީ: ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް

ހއ. ހޯރަފުށީގައި މިމަހުގެ 24 ވަނަ ދުވަހު ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމާ ގުޅިގެން ހައްޔަރު ކުރީ 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކޮށްފައިވާ ގޮތުގައި މި މަހުގެ 24 ވަނަ ދުވަހު ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލުމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ އެ ދުވަހު މެންދުރު 14:15 ހާއިރުއެވެ.
މި މައްސަލަގައި ހައްޔަރު ކުރި މީހާގެ ބަންދަށް މިއަދު ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާތީ މިވަގުތު އިތުރު މައުލޫމާތެއް ޕޮލިހުން ހާމަކޮށްފައެއް ނުވެއެވެ.
ތޫނު ހަތިޔާރު ބޭނުން ކޮށްގެން ރާއްޖޭގައި ހިންގާ މާރާމާރީ ތަކުގެ އަދަދު މި ފަހަކަށް އައިސް ވަނީ ވަރަށް މަދުވެފައި ވަނިކޮށް ކުޑަކުއްޖަކު ރަހީނުކޮށް މަރާލި ހާދިސާއާ އެކު ރާއްޖެއަށް މިވަނީ ޝޮކެއް ލިބިފައެވެ.