މުނިފޫހިފިލުވުން

ޝިފާ ބުނަނީ ދެން ބުރުގާ ނުބާލާނެ ކަމަށް، ޓިކްޓޮކާއި ފިލްމުތަކުން ވެސް ފެންނާނެ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މަޝްހޫރު ޓިކްޓޮކް ތަރި މަރިޔަމް ޝިފާއަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިިވާ ހުނަރުވެރި މޮޅު ފަންނާނެކެވެ. ޝިފާ ވަނީ ދާދި ފަހުން ބުރުގާ އަޅައިފައެވެ. އެހެންކަމުން މީޑިއާތަކުގެ ފަލަ ސުރުހީތަކުން ވެސް ފެންނަނީ މި ޚަބަރެވެ.

Ads by Sosun Fihaara

ޝިފާ "ދެން" އަށް މައުލޫމާތު ދެމުން ބުނީ ބުރުގާ އެޅީ ޝިފާގެ މަންމައަށް ކުރި "ޕްރޮމިސް"އާ އެކު ބުރުގާ އަޅާ ހިތުން ކަމަށެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އަމިއްލަ ނަފްސު ދެކެ ލޯބިވުމަކީ މިހާގެ ވިސްނުން "ޕޮޒިޓިވް" ވެ ދިރިއުޅުމަށް އުފާވެރިކަން އިތުރު ކޮށްދޭ ކަމެކެވެ. އަދި މިފަހަރު ބުރުގާ ނުބާލާނެ ކަމަށް ވެސް ޝިފާ ބުންޏެވެ.

ޝިފާއަކީ މީގެ ކުރިން ވެސް ބުރުގާ އެޅުމަށް ފަހު ބުރުގާ ބާލައިގެން އުޅުނު މީހެކެވެ. އެހެންކަމުން ދެވަނަ ފަހަރަށް ބުރުގާ އެޅުމުން ގައިމުވެސް ގިނަ ބައެއްގެ ފާޑު ކިޔުންތަކެއް އަމާޒުވާނެއެވެ. އެހެން ނަމަވެސް ގިނައީ އޭނާގެ ފޭނުންގެ ހިތްވަރާއި، ސަޕޯޓެވެ. "ނެގެޓިވް ކޮމެންޓްސް"ވެސް ލިބެއެވެ. އެހެން ނަމަވެސް އެ ކޮމެންޓުތަކަށް ޖަވާބުދާރީ ވުމަށް ވުރެ ޝިފާއަށް މުހިންމުވީ އެފަދަ ކޮމެންޓުތައް "އިގްނޯ"ކޮށް ރަނގަޅު ފާޑުކިޔުންތައް ބަލައިގަނެ އޭނާގެ ފޭނުންނާއި ސަޕޯޓަރުންގެ ހިތްވަރާ އެކު ކުރިއަށް ދިއުމެވެ.

ބުރުގާ އެޅިޔަސް ޓިކްޓޮކުން ވެސް އަދި ކުރިއަށް ހުރި ފިލްމުތަކުން ވެސް ޝިފާ ފެންނާނެ.

ޝިފާ ބުނީ ބުރުގާ އެޅިޔަސް ފިލްމީ ދާއިރާއިންނާއި ޓިކްޓޮކު ހެދުމުގައި އޭނާ ކުރިއަށް ދާނެ ކަމަށެވެ. އެކަމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ވެސް އޭނާގެ ސަޕޯޓަރުންނާއި ފޭނުންގެ ހިތްވަރު ކަމަށް ވެސް އޭނާ ފާހަގަ ކުރިއެވެ. އޭނާ ބުނީ ބައެއް ފަރާތްތަކުން ވަކިން ޝިފާއަށް މެސެޖުކޮށް އޭނާ ބުރުގާ އެޅީތީ އެ ނިންމުމާ މެދު ނުހަނު އުފާ ކުރާ ވާހަކަ ވެސް ބުނާ ކަމަށެވެ. އަދި ޚުދު އޭނާ ވެސް އެ ނިންމުމާ މެދު ވަރަށް ހިތްހަމަ ޖެހިފައިވާކަން އޭނާގެ ވާހަކަތަކުން ފާހަގަ ވިއެވެ.

ބުރުގާ އެޅުމަކީ އެއީ އައު ފެށުމެއް ކަމަށް އޭނާ ސިފަ ކުރެއެވެ. އެންމެން ހިތްހަމަ ޖައްސައިގެން އެއްވެސް ކަމެއް ނުކުރެވޭނެ ކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެން ނަމަވެސް އޭނާ މިފަހަރު ކަންތައް ކުރި ގޮތުން އެތައް ބައެއްގެ ލޯތްބާއި އިހުތިރާމް ވަނީ ހޯދައިފައެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ބުރުގާއަކީ އެ ދާއިރާއިން ކުރިއަށް ދާން އޮތް ހުރަހެއް ނޫނެވެ.

ބުރުގާ އެޅުމަށް ފަހު ޝިފާ ސްޓޯރީއަށް ލީ ފޮޓޯޝިފާ ބުރުގާ އެޅީ މީގެ ދެ ދުވަސް ކުރިންނެވެ. އެއީ އޭނާގެ އައު ފެށުމެކެވެ. ބުރުގާ އަޅައިގެން ހުރި ފޮޓޯއެއް ހިއްސާކުރަމުން އޭނާ ލިޔެފައި ވަނީ އެހެންނެވެ. އޭނާ ވަނީ ފޭސްބުކުގައި ޕްރޮފައިލް އަދި ކަވަރ ފޮޓޯ ވެސް ބުރުގާ އަޅައިގެން ހުރި ފޮޓޯއަކަށް ބަދަލު ކޮށްފައެވެ.

  1. ޛހހހހ

    ބުރުގާ އަޅަންޔާ އަޅާބަލަ އިސްލާމީ ސަރިއަތާ އެއްގޮތައް.. ދުވަހެއް މާދަމާ އެބައޮތް ﷲ ގެ ހަސްރަތުގައި ޖަވާބު ދާރީ ވާ ދުވަހުން ދޭނޭ ޖަވާބެއް ނޯންނާނެ ތި ފާޑަށް އުޅެގެންނެއް.. ﷲ އަހަރުމެން ދުނިޔެއަށް ފޮނުވެވީ އެކަލާނގެ އަށް އަޅުކަން ކޮއް އެކަލަނގެ އަމުރުފުޅުތަކަށް ކިޔަމަންތެރި ވުމަށް.. ހަރާމް ވެގެންވާ ކަންކަން ކުރާކަށް ނޫން.. ބުރުގާ އަޅާފަ ވެސް ފުރަތަމަ އައުރަ ނިވާ ނުކޮއް ހުރި ފޮޓޯތައް ނަގާކަށް ނޭނގުނު.. ދެންވެސް ކިޔަނީ ބުރްގާ އެޅުމޭ.. ނަމަކަށް ދުނިޔެ މަތަީ ބުރުގަ އަޅާގެން އުޅެވިދާނެ އެކަމް ނަރަކާގެ އަލިފާނުގަ ކެއްވާނެ ތަ؟ ﷲ ހެޔޮ މަގު ދައްކަވާށި