މާމެންދޫގައި 2 ބިދޭސީން މާރާމާރީ ހިންގައި އެކަކު ކަރަށް ވަޅި ހަރައިފި

ލ. މާމެންދޫގައި 2 ބިދޭސީން މާރާމާރީ ހިންގާ އެކަކު ކަރަށް ވަޅި ހަރައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިނގާފައި ވަނީ މިއަދު ހެނދުނު 7:30 ހާއިރުއެވެ.
މިކަމާ ގުޅިގެން މާމެންދޫ ކައުންސިލްގެ ރައީސް، ހަސަން ރަމީޒް “ދެން”އަށް މައުލޫމާތު ދެމުން ވިދާޅުވީ މި ހާދިސާ ހިނގައިފައި ވަނީ މާމެންދޫ ބޭރުގައި އޮތް “ހަޒާނާ”ކިޔާ މުދާ އުފުލާ ދޯންޏެއްގައި ކަމަށެވެ.
ޒަހަމްވި މީހާއަށް މިހާރު މާމެންދޫ ހެލްތު ސެންޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.