ދެ ޑޯޒް ޖަހައިފައިވާ ފަރާތްތަކަށް ރަށްރަށަށް ދިޔުމުގެ ހުއްދަ ދީފި
ކޮވިޑް-19 ވެކްސިން ދެ ޑޯޒް ޖެހި މީހުން ، ކަރަންޓީނު ވާން ނުޖެހޭ ގޮތަށް މޮނިޓަރިންގައި ނެތް ރަށްރަށަށް ދަތުރު ކުރެވޭ ގޮތަށް ހަދައިފިއެވެ.
ރާއްޖޭގެ ކޮވިޑް ހާލަތު ގޯސްވުމާ ގުޅިގެން މެއި މަހުގެ 6 ވަނަ ދުވަހުން ފެށިގެން ވަނީ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ފަހު ވެސް ރަށްރަށަށް ދަތުރުކުރުން ވަގުތީ ގޮތުން މަނާކޮށްފަައެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލްއަޒީޒް ވިދާޅުވީ، މޮނީޓަރިންގައި ނެތް ރަށްތަކަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ފަހު 14 ދުވަސް ހަމަކޮށް، އަދި ނައްސި ޕީސީއާރް ނަތީޖާއަކާ އެކު ދަތުރުކުރެވޭނެ ކަމަށެވެ.
"މޮނީޓަރިންގައި ނެތް ރަށަކުން އެހެން ރަށްރަށަށް (މޮނީޓަރިންގައި ނެތް ރަށްރަށަށް) ދަތުރު ކުރަން މިހާރު މިވަނީ ހުޅުވައިލެވިފަ ނައްސި ޕީސީއާރް ޓެސްޓަކާ އެކީގައި. ދެ ޑޯޒް ވެކްސިން ޖެހުމަށް ފަހުގައި 14 ދުވަސް ހަމަވެފައިވާ މީހުން، ނައްސި ޕީސީއާރް ޓެސްޓަކާއެކީގައި ރަށްރަށަށް ދެވޭނެ ކަމުގެ އުސޫލެއް ވެސް ވަނީ ކަނޑައަޅައިފައި." މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ މިހާރު މާލެ މި އޮތް ހާލަތުގައި (5% އަށް ވުރެ ދަށުގައި ފައްސި ރޭޓު ހުންނަ ނަމަ) އެ ދުވަސްވަރު ނައްސި ޕީސީއާރް ޓެސްޓަކާ އެކީގައި ރަށްރަށަށް ކަރަންޓީނަކާ ނުލައި ވެކްސިން ގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ދެވޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މިހާރު ކަރަންޓީނުގާ ހުރި މީހުން ކިހިނެތްތޯ ވާނީ
ވެކްސިން ނުޖަހާ ތިިބި ކުޑަކުދިންނާ މާބަނޑު މީހުންނަށް ވާންވި ގޮތެއްވެސް ސާފުކޮަށްދީ ބަލަ